Filladhoo holiday cup champion kan FC DJ amico ah
image
ފިއްލަދޫ ހޮލިޑޭކަޕްގެ ޗެމްޕިއަންޓީމް އެފްސީ ޑީޖޭ އަމިކޯ
1 ކޮމެންޓް
 

ފިއްލަދޫ ހޮލިޑޭކަޕް ޗެމްޕިއަންކަން އެފްސީ ޑީޖޭ އަމިކޯއަށް

މި ދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ ފިއްލަދޫ ހޮލިޑޭކަޕްގެ ޗެމްޕިއަންކަން އެފްސީ ޑީޖޭ އަމިކޯ ހޯދައިފިއެވެ.
އެފްސީ ޑީޖޭ އަމިކޯ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެކުޅުނު ފައިނަލް މެޗްގައި ސްޕޯޓްސް ކްލަބް ޔުނިޓީ އާއި ބައްދަލުކޮށް ފަސް ލަނޑު ސުން ލަނޑު މެޗު ކާމިޔާބުކޮށްގެންނެވެ.

ފިއްލަދޫ ހޮލިޑޭކަޕަކީ ފިއްލަދޫ ކޯޕަރޭޓިވް ސޮސައިޓީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2000 ވަނަ އަހަރުއެވެ.

16 އަހަރުގެ ތާރީހެއް އޮތް ފިއްލަދޫ ހޮލިޑޭ ކަޕުގައި މިއަހަރު ޖުމްލަ 8 ޓީމް ވާދަކުރާއިރު، ކޮންމެޓީމެއްގައި 15 ކުޅުންތެރިންނާއި، 3 އޮފިޝަލުންގެ އިތުރުން ކޯޗެއް ހިމެނޭނެއެވެ. މުބާރާތުގެ ޓީމްތަކުގައި ރަށުންބޭރު ކުޅުންތެރިންވެސް ހިމެނޭނެއެވެ.

މުބާރާތުުގެ ގްރޫޕް ސްޓޭޖް ނިންމުމަށްފަހު ސެމީފައިނަލްގައި ވާދަކުރީ އެފްސީ ޔަންގް ބޯއިސް އާއި، ޔުނިޓީއެވެ. އަދި ޑީޖޭ އަމިކޯ އާއި އެއިޓް ސްޓާރ އެވެ. މި މުބާރާތަކީ ފިއްލަދޫގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު އަދި އެންމެ ގިނަ ޓީމް ވާދަކުރި މުބާރާތްކަން ފާހަގަކުރަމެވެ.

މިމުބާރާތުގެ ޚަރަދުގެ ގޮތުގައި ސްޕޮންސަރުންގެ އެހީއާއިއެކު 200،000ރ އެފްސީއެސްއިން ވަނީ ކަނޑައަޅާފައެވެ. މި މުބާރާތުގެ ޗެންޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިޏާމް ވަނީ ކަންޑައެޅިފައެވެ. އަދި ރަނަރޕް ޓީމަށް 15000ރ ވަނީ ކަނޑައޅާފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އެމް ޑަބްލިއު އެސް ސީ އެވެ. އަދި ތިލަފުށީ ކޯޕަރޭޝަން އާއި އީވް ގާރމެންޓްގެ އިތުރުން ކޫލްމެކްސް މޯލްޑިވެސް އާއި ހެޔޮއެދޭ ތަފާތު އެކިއެކި ފަރާތްތަކުން މުބާރާތަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފިއްލަދޫ ކޯޕަރޭޓިވް ސޮސައިޓީން ބުނެއެވެ.




.
ހިޔާލު

ސަޅި..

ވަރަށް ސޅި