Lh. Dhidhoogai Bidheyseeaku Dhanjehije
image
ޅ އަތޮޅު
0 ކޮމެންޓް
 

ޅ. ދިއްދޫގައި ބިދޭސީއަކު ދަންޖެހިއްޖެ

ޅ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދިއްދޫގައި ބިދޭސީއަކު ދަންޖެހިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި އެކަން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު 7:15 ހާއިރުއެވެ. ދަންޖެހުނީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ޓީމެއް މިހާރުދަނީ މިހާދިސާ ތަހުގީގު ކުރުމަށް ޅ ދިއްދޫއަށް ދަތުރު ކުރަމުންނެވެ.

ދަންޖެހުނު މީހާއާ ގުޅޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ދަންޖެހުނު ބިދޭސީ މީހާ މިހާދިސާގައި މަރުވިކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް ސާފެއް ނުވެއެވެ.
ހިޔާލު