Engine Govai Zahamavi Fazeel Male Genes ICUgai Faruvaa Dhean fashaifi
image
އިންޖީނު ގޮވި ކަމަށް ބުނާ ޑިންގީ---
0 ކޮމެންޓް
 

އިންޖީނު ގޮވައި ޒަހަމްވި ފަޒީލް މާލެ ގެނެސް އައިސީޔޫގައި ފަރުވާދޭން ފަށައިފި

ށ. ފީވަކުން ޑިންގީއެއްގައި ފުރައިގެން ފޯކައިދޫއަށް ދަނިކޮށް އިންޖީނު ގޮވައި ޒަހަމްވި ފީވަކު އޯކިޑްމާގެ އުމުރުން 32 އަހަރުގެ އަބްދުﷲ ފަޒީލްއަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފަޒީލް ޒަހަމްވެފައި ވަނީ އިއްޔެ ހަވީރު ރައްޓެއްސަކާއި އެކު ކޮފީއެއް ބުއިމައްޓަކައި ފީވަކުން ފުރައިގެން ފޯކައިދުއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިއަދު 16:00 ހާއިރު ފަޒީލް މާލެ ގެނެސް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

"މީގެ ބައިގަޑިއިރު ކުރިން ހޮސްޕިޓަލްއަށް ގެނެސް މިހާރު އޮތީ އައިސީޔޫގަ. ޑޮކްޓަރުން ދަނީ އެސިސްމަންޓް ހަދަމުން" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެ އެހާދިސާ ހިނގުމާއި އެކު ވަގުތުން ފަޒީލް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ނަމަވެސް ފަޒީލްގެ ބަނޑުގެ ބޮޑުބައެއް ކަފައިގެން ގޮސް ބައެއް ބައިތައް ބޭރަށް ފެންނަން ހުރުމުން މާލެ ގެނެސްފައިވަނީ އިތުރު ފަރުވާއަށެވެ.

އިންޖީނު ގޮވާ އިންޖީނުގެ ފްލައިވީލް ބުރައިގެން ގޮސް ފަޒީލުގެ ބަނޑުގައި ޖެހި ބަނޑުގެ ބޮޑު ބައެއް ކަފައިގެން ގޮސްފައިވާއިރު، ފްލައިވީލް ގޮސް ޖެހި މައިބަދައަށް ވެސްވަނީ ގެއްލުން ވެފައެވެ.

ފީވަކުން ފުރައިގެން ފޯކައިދުއަށް 15 ވަރަކަށް މިނެޓުން ދެވޭއިރު، އެދަތުރުގައި ފަޒީލް އިނީ ޑިންގީ ދުއްވަންކަމަށް މައުލޫމާތު ލިބެއެވެ. އަދި ފަޒީލްއާއި އެކު ދިޔަ މީހާ އިނީ ޑިންގީގެ ކުރީ ކޮޅުގައެވެ.
ހިޔާލު