Thaareeh Dhiraasaa Kuravvaa Beyfulheh Kamahvaa Ali Moosa Didi Avahaara Vejje
image
އަލީ މޫސާ ދީދީ---
0 ކޮމެންޓް
 

ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އަލީ މޫސާ ދީދީ އަވަހާރަވެއްޖެ

ދިވެހި ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އަލީ މޫސާ ދީދީ އަވަހާރަވެއްޖެއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އަލީ މޫސާ ދީދީ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިވަޑައިގެން ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭ ހަތެއް ޖަހާއެހާކަށްހާއިރުއެވެ.

ތާރީހީ ގިނަ ލިއުއްވުންތަކެއް ލިއުއްވި އަލީ މޫސާ ދީދީއަކީ ޖަލުގެ ކުޑަ ގޮޅިއަށް ވެސް ވަޑައިގަންނަވަން ޖެހުނު ބޭފުޅެކެވެ.

އަލީ މޫސާ ދީދީއަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ފަހުން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލުގެ ބައްޕާފުޅެވެ.

އަލީ މޫސާ ދީދީއަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމާއި ތިމާގެ ބޭފުޅެކެވެ.
މަރު ތާރީހު
ހިޔާލު