"Fazeelge EthereHasheege Gunavanthah Kafaigen Goss Bodethi Gehlunthakeh"
image
އިންޖީނު ގޮވި ކަމަށާް ބުނާ ޑިންގީ---
1 ކޮމެންޓް
 

"ފަޒީލުގެ އެތެރެހަށީގެ ގުނަވަންތައް ކަފައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް"

ށ. ފީވަކުން ޑިންގީއެއްގައި ފުރައިގެން ފޯކައިދޫއަށް ދަނިކޮށް އިންޖީނު ގޮވައި ޒަހަމްވި ފީވަކު އޯކިޑްމާގެ އުމުރުން 32 އަހަރުގެ އަބްދުﷲ ފަޒީލްގެ ބަނޑުގެ އެތެރޭގެ ގުނަވަންތަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ ފަޒީލްއަށް އެތެރެހައްޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އަދި މައިބަދައަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"ފަހަތު އަރިމަތިން އެއްޗެއް ވަދެގެން ގޮސް ކުރިމަތިން ނުކުމެފައި ހުރި ކަމަށް ލަފާ ކުރެވެނީ. އެތެރެހަށީގައި ގުނަވަންތައް ކަފައިގެން ގޮސްފައި ހުރީ،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ މިވަގުތު ޕޭޝަންޓް ސްޓޭބަލް ކަމަށާއި މިހާރު ހޭނައްތާފައި އޮތް ކަމަށެވެ. އަދި ހޭނައްތާފައި އޮތީ ހދ ކުޅުދުއްފުށީ ހޮސްޕިޓަލުން ބޮޑު އޮޕަރޭޝަނެއް ކޮށްގެން ގެނެސްފައިވާތީ މީހާ ސްޓޭބަލް ކުރަން ކަމަށެވެ.

މިއަދުގެ ވަގުތެއްގައި ފަޒީލްގެ ސީޓީ ސްކޭނެއް ހަދާނެ ކަމަށާއި އިތުރަށް އެއްޗެއް ބުނަން އެނގޭނީ އިތުރު ޓެސްޓްތަކާއި ޑޮކްޓަރުން ހަދަމުންދާ އެސިސްމަންޓްތަކަށްފަހު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ފަޒީލް ޒަހަމްވެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ހަވީރު ރައްޓެއްސަކާއި އެކު ކޮފީއެއް ބުއިމައްޓަކައި ށ.ފީވަކުން ފުރައިގެން އެ އަތޮޅު ފޯކައިދުއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ފީވަކުން ފުރައިގެން ފޯކައިދުއަށް 15 ވަރަކަށް މިނެޓުން ދެވޭއިރު، އެދަތުރުގައި ފަޒީލް އިނީ ޑިންގީ ދުއްވަން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ފަޒީލްއާއި އެކު ދިޔަ މީހާ އިނީ ޑިންގީގެ ކުރީ ކޮޅުގައެވެ.
ހިޔާލު

އިންޖީނު

ކޮންވައްތަރެއްގެ އިންޖީނެއްތަ؟