Fazeel Ithuru Faruvaa ah India ah Gengosi
image
އިންޖީނު ގޮވި ކަމަށާް ބުނާ ޑިންގީ---
1 ކޮމެންޓް
 

ފަޒީލް އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި

ށ. ފީވަކުން ޑިންގީއެއްގައި ފުރައިގެން ފޯކައިދޫއަށް ދަނިކޮށް އިންޖީނު ގޮވައި ޒަހަމްވި ފީވަކު އޯކިޑްމާގެ އުމުރުން 32 އަހަރުގެ އަބްދުﷲ ފަޒީލްގެ ހާލު އިތުރަށް ގޮސްވެދާނެތީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.
ފަޒީލް ޒަހަމްވެފައި މިމަހުގެ 17 ވަނަ ދުވަހު ހަވީރު ރައްޓެއްސަކާއި އެކު ކޮފީއެއް ބުއިމައްޓަކައި ފީވަކުން ފުރައިގެން ފޯކައިދުއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ، ފަޒީލްއަށް އިތުރު ފަރުވާ ދިނުމަށް ރޭގެ 20:00 ގައި ފަޒީލް އިންޑިއާގެ ޓްރިވެންޑްރަމްއަށް ޑޮކްޓަރުންގެ ޓީމަކާއި އެކު ފޮނުވާލާފައިވާ ކަމަށެވެ.

"ވެންޓިލޭޓާގައި ބާއްވައިގެން ގެންދިޔައީ. ކިޑްނީގެ މައްސަލަތަކާއި އެތެރެ ހަށީގެ ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވެދާނެތީ ޑޮކްޓަރުން ލަފާ ދިނީ ގެންދަން" މައުސޫމް ވިދާޅުވިއެވެ.

ފަޒީލްއަށް އެތެރެހައްޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އަދި މައިބަދައަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މައުސޫމް ކުރިންވެސް ވިދާޅުވިއެވެ.

"ފަހަތު އަރިމަތިން އެއްޗެއް ވަދެގެން ގޮސް ކުރިމަތިން ނުކުމެފައި ހުރި ކަމަށް ލަފާ ކުރެވެނީ. އެތެރެހަށީގައި ގުނަވަންތައް ކަފައިގެން ގޮސްފައި ހުރީ،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ މިވަގުތު ޕޭޝަންޓް ސްޓޭބަލް ކަމަށާއި މިހާރު ހޭނައްތާފައި އޮތް ކަމަށެވެ. އަދި ހޭނައްތާފައި އޮތީ ހދ ކުޅުދުއްފުށީ ހޮސްޕިޓަލުން ބޮޑު އޮޕަރޭޝަނެއް ކޮށްގެން ގެނެސްފައިވާތީ މީހާ ސްޓޭބަލް ކުރަން ކަމަށެވެ.

މިއަދުގެ ވަގުތެއްގައި ފަޒީލްގެ ސީޓީ ސްކޭނެއް ހަދާނެ ކަމަށާއި އިތުރަށް އެއްޗެއް ބުނަން އެނގޭނީ އިތުރު ޓެސްޓްތަކާއި ޑޮކްޓަރުން ހަދަމުންދާ އެސިސްމަންޓްތަކަށްފަހު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ފަޒީލް ޒަހަމްވެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ހަވީރު ރައްޓެއްސަކާއި އެކު ކޮފީއެއް ބުއިމައްޓަކައި ށ.ފީވަކުން ފުރައިގެން އެ އަތޮޅު ފޯކައިދުއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ފީވަކުން ފުރައިގެން ފޯކައިދުއަށް 15 ވަރަކަށް މިނެޓުން ދެވޭއިރު، އެދަތުރުގައި ފަޒީލް އިނީ ޑިންގީ ދުއްވަން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ފަޒީލްއާއި އެކު ދިޔަ މީހާ އިނީ ޑިންގީގެ ކުރީ ކޮޅުގައެވެ.
ހިޔާލު

ޒީން

ޝަފާކަالله