Hijack kuri meehun amaandhee flight salaamaiyy koffi
image
ޖައިޖެކްކުރި މަތިންދާ ބޯޓް
0 ކޮމެންޓް
 

ހައިޖެކްކުރި މީހުން އަމާންދީފި، ފަސިންޖަރުންނާއި ބޯޓް ސަލާމަތްކޮށްފި

މިއަދު ހައިޖެކްކޮށް މޯލްޓާއަށް ގެންދިޔަ ލީބިއާގެ މަތިންދާ ބޯޓް ހައިޖެކްކުރި ދެ މީހުން އަމާންދީ ބޯޓުން ދަތުރުކުރި އެންމެންނާއި ބޯޓުވެސް ސަލާމަތްކޮށްފިއެވެ.
111 ފަސިންޖަރުންނާއި 7 ކުރޫއިންނާއި އެކު މިއަދު ޖައިޖެކްކޮށްފައިވަނީ ލީބިއާގެ އެތެރޭގެ އުދުހުން ތަކުގައި ބޭނުންކުރާ އަފްރިޤިޔާ އެއަރވޭޒްގެ އެއަރބަސް އޭ-320 ބޯޓެކެވެ.

މޯލްޓާއަށް ބޯޓް ހައިޖެކްކޮށްގެން ގެންދިޔަ މީހުން ބޭނުންވީ އެގައުމުގެ ހިމާޔަތެވެ.

މޯލްޓާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮންނަތާ ގަޑިއެއްހާއިރު ފަހުން ބޯޓްގައިތިބި ފަސިންޖަރުންނާއި ކުރޫން ބޯޓުން ފޭބުމަށް ހައިޖެކްކުރި ދެމީހުންވަނީ ހުއްދަ ދީފައެވެ.

އޭގެ ފަހުން އެދެމީހުންވެސް އަމާންދީ ބޯޓުންވަނީ ފާބައިފައެވެ.
ލީބިޔާ
ހިޔާލު