Rayyithu Meehehge Sitee
image
4 ކޮމެންޓް
 

ސިޓީ: ރައްޔިތު މީހެއްގެ ސިޓީ

މި ސިޓީ ރައްދުވާ ކޮންމެ ބޭފުޅަކަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ގައުމު ތަރައްގީ ކުރުމަށް ތިބޭފުޅުން މިހާރުވެސް ތި ކުރައްވާ މަސައްކަތަށް ނުހަނު ޝުކުރު ދަންނަވަމެވެ. ހާއްސަކޮށް މާލެ އާއި މާލެ ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށް ކުރަައްވާ މަސައްކަތް ތަކުރާރުކޮށް އަލުން ބަލުން ކުރައްވާކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ.

އަޅުގަނޑަކީ، އަޅުގަނޑުގެ ނަމުގެ ކުރިއަށް އަދި ފަހަތަށް ވިޔަސް "ޑޮކްޓަރު" އަންނަ މީހެއް ނޫނެވެ.

ނަމަވެސް އަޅުގަނޑު މި ސިޓީ މި ލިޔަން ޖެހުނީ ބަޔަކު ހިންގަވާ ތަރައްގީގެ މަޝްރޫއުތައް "ސަހަރޯ" ހީވާ ދަރަޖައަށް ދިއުމުންނެވެ.

މާލޭގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ބީޗް އާއި ދުވާ ޓްރެކްއަކީ ވަރަށް ކާމިޔާބު މަޝްރޫއެއް ކަމަށް ބައެއް ބޭބޭފުޅުން ގަބޫލުކުރެއެވެ. ބީޗް ގިރަމުންދާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފަހަރުގައި އިސްބޭފުޅަކަށް ފެނިވަޑައި ނުގެންފާނެއެވެ. ރަސްފަންނުގައި އޮތް ދުވާ ޓްރެކް މަރާމާތު ކުރަން މީހުން ހަރަކާތްތެރިވާން ނުތިބޭތާ ކުޑަ ދުވަސްކޮޅެއް ވެއްޖެ ކަންނޭނގެއެވެ. އިސްލާމީ މަރުކަޒު ބޭރުގައި ޖެހި ތަށި މުށީގެ ވާހަކަ ސުރުހީ އަޅާލުމަށްފަހު އިތުރަށް ދައްކާކަށް ބޭނުމެއް ނޫނެވެ.

އަޅުގަނޑު މި ސިޓި މި ލިޔަނީ އެހެން ކަމެއްގެ ވާހަކަ ދަންނަވާލާށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު މިހާރު މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު، ބޮޑުތަކުރުފާނު މަގު ތާރު އަޅައި ހުޅުވާލައިފިއެވެ.

ނަމަވެސް ދަންނަވަންތޯއެވެ. "އޮށްވަޅުގޮނޑި" އެއް ހެން އޮތް މަގު ފުޅާކޮށް ތާރު އަޅައި، ހުޅުވާލުމުން، ސައިކަލް ދުއްވާލަން ވަރަށް ހިތްގައިމެވެ. އެކަން ފާހަގަކޮށްލަމެވެ. ހިތްގައިމުކަން އެ ސަރަހައްދުން ދުއްވާ ފަރާތްތަކަށް އެނގޭނެއެވެ. ބައެއް ފަރާތްތަކުން ވަރަށް ފަރިތަކޮށް ސައިކަލް ދުއްވާލައެވެ.

ތާރު އަޅާފައި އޮތް ސަރަހައްދު ފެށޭ ކޮޅުގައި ސްޕީޑް ބްރޭކަރެއް ހުއްޓާ ދުށީމެވެ. މަގުގެ އެކި ސަރަހައްދުތަކުގައި ބެރިކޭޑް ޖެހީ މުޒާހަރާ ހުއްޓުވަން ކަމެއް ނޫނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމެއް ނޭނގެއެވެ.

ތާރުއަޅައި ނިމުނުއިރު ސްޕީޑް ބްރޭކަރެއް ނެތުމުން ނުރައްކާތެރި ހާދިސާތަކެއް ހިނގާފާނެ ކަމަށް ނޭނގުނީތޯއެވެ. ނޫނީ އަނެއްކާވެސް މަގު ބަންދުކޮށް އެހެން ޕްރޮޖެކްޓެއްގެ ދަށުން ސްޕީޑް ބްރޭކަރު ހަރު ކުރަނީތޯއެވެ. ފަހަރުގައި ތިބޭފުޅުން ހަރުކުރި ސްޕީޑް ބްރޭކަރު އަޅުގަނޑަށް ނުފެންނަނީ ކަމަށް ވެދާނެއެވެ.

ދާދިފަހުން ވެހިކަލް ޗެކްޕޮއިންޓް ޖަހައިގެން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމުގެ ސަބަބުން އެ ފުލުސްމީހާވެސް ވަނީ ޒަހަމްވެފައެވެ.

ބައެއް އިސްބޭބޭފުޅުންނަކީ "ފުލް ސެކިއުރިޓީ"ގައި ވަޑައިގަންނަވާ ބޭބޭފުޅުންނެވެ. އެހެންކަމުން މިފަދަ ކަންކަން ފާހަގަ ނުކުރެއްވިދާނެއެވެ. އެކަންވެސް ފާހަގަކޮށްލަމެވެ.

ގާބިލް އަދި ހުނަރުވެރި ބޭބޭފުޅުން ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދަވާއިރު ވަރަށް ބޮޑަށް ވިސްނަވައި ދިރާސާ ކުރައްވައެވެ. މާލޭގެ މަޖީދީމަގު ފިޔަވަހި ތަކަކަށް ބަހާލައިގެން މަގު ހަދައި ހުޅުވަމުން ގެންދަވާއިރު ރަސްފަންނު ފެށޭ ކޮޅުގައި ހުރި "ޖަންގްޝަން ނޫނީ ޑްރެނޭޖް ސިސްޓަމް ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް" ހުރީ އަތުރާފައި ހުރި ގާތަކަށްވުރެ މަތީގައިކަން ފާހަގަކުރެވޭތޯއެވެ.

ނޫނީ އެއީ ޕްލޭންގައި އޮތް ގޮތްތޯއެވެ. ނޫނީ އެކަން އެހެން "ވާނެކަން ކުރިންވެސް އެނގޭތޯ" އެވެ. އޭގައި ޖެހި ބަޔަކަށް ގެއްލުން ލިބިދާނެތީ އަޅުގަނޑަށް އެވާހަކަ ދަންނަވާލެވުނީއެވެ.

މަގުތައް ބަންދުކުރުމުން ރައްޔިތުންނަށް ފަސޭހައެއް ނޫނެވެ. ނަމަވެސް މަގު މަސައްކަތްކޮށް ނިމި ހުޅުވާލާތާ ދުވަސްކޮޅެއް ފަހުން އަނެއްކާ މި ދެންނެވި ކަންކަން ފާހަގަވެގެން މަގު ބަންދުކޮށް، އަލުން މަސައްކަތްކޮށް، އެތައް ފައިސާއެއް ހަރަދުވާނަމަ އެއީ އަޅުގަނޑު އުފާކުރާނެ ކަމެއް ނޫނެވެ.

ވީމާ މިވާހަކަ ހަމަ ދަންނަވާލީއެވެ.

އިހުތިރާމް ގަބޫލުކުރެއްވުން އެދެމެވެ.

ރައްޔިތުމީހެއް
ހިޔާލު

ރާއްޖެތެރޭ ސޮރު

އަދި ވެސް ދަންނަވާލަން، ރާއްޖެތެރޭ ރައްތައް ދުވަހެއް ދުވަހަކަށް މީހުން މަދުވެ، ވީރާނާވެ ފަޅުވަމުން ދާ ސަބަބު ހޯއްދަވާ މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވުން އެދެން، އަދި ހަމަމިއާއެކު ރާއްޖެތެރޭ ކުލީ އަޅުން އަތުން ނަގާ ޖިޒީ އަށް ނިމުމެއް އައިސް އަރާމުގައި އަނބިދަރިންނާއެކު އުފަލުގައި އުޅެވޭނެ ދުވަހެއް ފެންނާނެގޮތެއް ހޯއްދަވައިދެއްވުން އެދެން.

އަލީ

އަދި ދަންނަވާލަން ބޭނުން، ބޮޑު ފާލަމާ ދިމާލުން ބޮޑުތަކުރުފާނު މަގު ދެބައިކޮށް، ކުރީގެ ކާނުތައް މަތީގައި ގާ އަތުރާފަ ހުރި ތަން ހުރ ގޮތް ކަމާބެހޭ ޑޮކްޓަރެއްގެ ލޮލަށް ނުފެންނަނީބާއޭ. ސައިކަލްތައ އެތަނުންދާއިރު ރޫރޫ އަޅަމުން ދަނީ،، ގާތައް ހީވަނީ ދެންމެ ދެންމެ ފުރޮޅާލަފާނެހެން. ހަމަ ހޭދެބައިވެފަ ތިބޭތީ ޑޮކްޓަރުންތަކަށް ތަން އޮންނަ ގޮތް ނުފެންނަނީބާ ނުވަތަ ތިމާމެން ފިނިކުރި ކާރުގަ ދާތީ ރައްޔިތުމީހާ އުޅެންޖެހޭ ހާލު ނުފެންނަނީބާ. ނޫސްވެރިން މިދެންނެވި ސަރަހަހައްދުގަ ގާތައް އޮތް ގޮތް ބައްލަވާލައްވާ ފޮޓޯކޮޅެއްނަމަވެސް ޖަހާލަދިނުން އެދެން.

ގިޔާސް

ކޮންމެ ސަރުކާރަކުންވެސް ތިމާވެށްޓަށް ވަކާލާތުކުރާ ވާހަކަ ދއްކާއިރު ބޮޑުތަކުރުފާނުގެ ތާރުއެޅިމަގުތކުގައި ގަސްއިނާދާލާނެ ތަންވެސް ނެތުން މީ މިކަމަށް ބާރުލިބޭ ކަމެއް އެއްވެސް ޕްލޭނެއް ނެތް ކަމަކަށް ކަމެއް ކުރާނީ! ގޮތަދެއްކުން އިސްތިހާރުކުރުން!

ރަޝީދު

ތިޔަ ސިޓީއަށް އަޅުގަނޑުވެސް އެއްޗެއް އިތުރުކޮށްލާނަމެވެ. ރަސްފަންނު ބީޗް ބަލާލަން ވަރަށް ރީއްޗެވެ.ނަމަވެސް މޫދުގައި އޮންނަ ކިލަނބުކަން ނުފިލައެވެ. އަދި މޫދުގަޔާއި ގޮނޑުދޮށުގައި އޮންނަނީ އަކިރި ގާތަކެވެ. މޫދު ރީތިވާނެގޮތް އަޅުގަނޑު ދަންނަވާލާނަމެވެ. މިހާރު މޫދަށް އަޅާފައިވާ ވެއްޔަކީ ބިން ހިއްކާ ތަންތަނުން ނަގާފައިވާ ވެއްޔަށްވާތީވެ ބީޗްގެ ކިލަނބުކަމެއް ނުކެޑޭނެ. މީގެ ބަދަލުގައި މިތަނަށް އަޅަންޖެހޭނީ ރީތިރަށެއްގެ ބީޗުން ނުވަތަ ފަޅުތެރެއިން ވެލިނަގައިގެންނެވެ. އޭރުން ބީޗްގެ ކިލަނބުކަން ފިލައިދާނެކަން 0 ޔަގީން ކަމަކާއިއެކު މުއިއްޒަށް ދަންނަވަމެވެ.އަޅެ ތަޖުިރބާ ކޮށްލައްވާ.