Dharifulhuge Visnumge Gaabilukan Annany Mom ge Faraathun: Dhiraasaa
image
0 ކޮމެންޓް
 

ދަރިފުޅުގެ ވިސްނުމުގައި ގާބިލްކަން އަންނަނީ މަންމަގެ ފަރާތުން: ދިރާސާ

އިންސާނުންގެ އިންޓެލިޖެންސް ނުވަތަ ވިސްނުންތެރިކަން ލިބިގެން ދަނީ މަންމަގެ ކިބައިން ކަމަށް ޖެނެޓިކް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ތުއްތު ދަރިފުޅު އުފެދިގެން އަންނައިރު، ވިސްނުމުގެ ބާރު ލިބެނީ "އެކްސް" ޖީން އިންނެވެ. muni
ދާދި ފަހަކާ ޖެހެންދެން ގަބޫލުކުރެވިފައި އޮންނަ ގޮތުގައި ވިސްނުމުގެ ގާބިލްކަން ބިނާވެފައި އޮންނަނީ ދަރިފުޅުގެ މަންމަ އާއި ބައްޕަގެ ކިބައިންނެވެ. ނަމަވެސް ފަހުގެ ދިރާސާއިން އެނގޭ ގޮތުގައި މިކަމުގައި ހިމެނެނީ ހަމައެކަނި މަންމަގެ ފަރާތުން އަންނަ ޖީންސް އެވެ.

ނަމަވެސް މި ދިރާސާއަކީ މީގެ ކުރިން ކޮށްފައިވާ މިފަދަ ދިރާސާތަކާ ތަފާތު ނަތީޖާއެއް ނެރުނު ރިޕޯޓަކަށް ވުމުން އެ ނަތީޖާ ގަބޫލުކުރަން ބައެއް ފަރާތްތަކުން ބޭނުމެއް ނުވެ އެވެ. އޭގެ އިތުރުން ޖެނެޓިކްސްގެ ދާއިރާއަކީ ވަރަށް "ކޮމްޕްލެކްސް" އުނދަގޫ ދާއިރާ އެކެވެ.

ޖެނެޓިކްސް އަށް ބަލާއިރު، ފިރިހެން މީހާ އަށް ލިބިފައި ވަނީ އެކްސް އަދި ވައި ކްރޮމޮޒޯމް އެވެ. މިއާ ހިލާފަށް އަންހެން މީހާ އަށް ލިބިފައި ވަނީ ދެ އެކްސް ކްރޮމޮޒޯމް އެވެ.

ސައިންސްގެ ދިރާސާތަކުން އެނގޭ ގޮތުގައި "ކޮގްނިޝަން" ނުވަތަ ވިސްނުމުގެ ކަންކަމަށް އަސަރު ކުރުވަނީ އެކްސް ކްރޮމޮޒޯމް އިންނެވެ. އެހެންކަމުން ވިސްނުމުގެ ކަންކަން ނުފޫޒު ފޯރުވުމުގައި އަންހެނުންނަށް އޮތް ބާރު ބޮޑު ކަމަށް ބެލެވެ އެވެ.

ނަމަވެސް ސިކުނޑި އާއި ވިސްނުމުގެ ގާބިލްކަމާ ބެހޭ އެކި ދިރާސާތަކުގެ ނިންމުންތައް އާއްމު ގޮތެއްގައި ބަދަލުވަމުން ދެ އެވެ. ނަމަވެސް ޝައްކެއް ނެތް ގޮތުގައި މި ދިރާސާ އިން އެނގެނީ ދަރިފުޅުގެ ވިސްނުމުގެ ގާބިލްކަން ބިނާ ކުރުމުގައި މަންމަ ބޮޑު ދައުރެއް އަދާ ކުރާ ކަމެވެ.
ނަފްސާނީ ކުޑަކުދިން
ހިޔާލު