Raees Yamin Mulaku Atollah Vadaigannavanee
image
ރައީސް ޔާމީން މިމަހުގެ ތެރޭގައި މުލަކު އަތޮޅަށް ވަޑައިގަންނަވާނެ---ފޮޓޯ:ރައީސް އޮފީސް
4 ކޮމެންޓް
 

ރައީސް ޔާމީން މުލަކު އަތޮޅަށް ވަޑައިގަންނަވަނީ

މިމަހުގެ 23 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން މުލަކު އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. leaward
ވިއެފީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މުލަކު އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

އެ ދަތުރުފުޅުގައި، މ.ނާލާފުއްޓަށާއި، ދިއްގަރަށާއި އެއަތޮޅު މުލަކަށް ވަޑައިގެން އެރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވަން ހަމަޖެހިފައިވާ ކަމަށް މުލަކު އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ.

ރައީސް ޔާމީންވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު އަތޮޅުގެ މެންބަރު ކަމާއި އެ އަތޮޅު މުލަކުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ރައީސް ޔާމީންވަނީ މީގެ ކުރިން ވެސް މުލަކު އަތޮޅަށް ވަޑައިގެންފައެވެ. އޭރު އެމަނިކުފާނު މުލަކު އަތޮޅަށް ވަޑައިގެންނެވި މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށެވެ.
ހިޔާލު

މާޅުވެލި

ޢަހަރެމެން 0 ވޯޓް ދިނީމަ ވީކަމެއް ނެތް މ. ޢަތޮޅަކަށް

ނުޖެހޭ ބުނާކަށް

ހެޔޮ ނަޔަސް. 😂

ނަސް

ކެއްތެރިވެބަލަ ރައީސް ޔާމީން އަދި ވަޑައިގަންނަވާނެ. އެމަނިކުފާނަކީ ރާއްޖެއަށް ކުރިއެރުން ގެނެސް ދެއްވާނެ އަދި އެކަން ކުރެއްވޭނެ ބޭފުޅެއް.

ޒިޔަޒަން

ހަނދާނކުރައްވާތި އުތުރުގެ ބޮޑެތި ރަށްތަކަށް ނާރަ ފިލައިގެން ތިއުޅުއްވަނީ އަހަރެމެންނަށް ވެސް ދުަވހެއް އަންނާނެ...