863 Banguraa Fulhi aai 426 Beer Dhalhu Nathaalaifi
image
ގިނަ އަދަދެއްގެ ބަނގުރާ ފުޅި އާއި ބިޔަރު ދަޅު ވަނީ ނައްތާލާފައި--
1 ކޮމެންޓް
 

863 ބަނގުރާ ފުޅިއާއި 426 ބިޔަރު ދަޅު ނައްތާލައިފި

އެކި ބްރޭންޑްތަކުގެ 863 ބަނގުރާ ފުޅި އާއި އެކި ބްރޭންޑްތަކުގެ 426 ބިޔަރު ދަޅު ނައްތާލައިފިއެވެ.
އެތަކެތި ނައްތާލާފައިވަނީ އދ. މާމިނގިލި ޕޮލިސް ސްޓޭޝަންގައެވެ.

"އިއްޔެ ނައްތާލާފައިވަނީ 812 އެވިޑެންސެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 863 ބަނގުރާފުޅިއާއި އެކި ބްރޭންޑްތަކުގެ 426 ބިޔަރު ދަޅެވެ." ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އެތަކެއްޗަކީ ތަފާތު 518 މައްސަލައެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އދ. މާމިގިލި އެއާޕޯޓުން ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން މާމިގިލީގައި ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެހި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު

މުޙައްމަދު

އަޅޭ...އެހެން ހެދާކަށް ނުވާނެއެއްމުން!
ސަރުބަތު ޝިޔާމަށް ފޮނުވިނަމަ!؟!