Utheemgai baavaa Moodhu Kasrathu Programm Fashaifi
image
އުތީމުގައި ކުރިއަށްގެންދާ ކަސްރަތު ޕްރޮގްރާމުގެ ތެރެއިން --ފޮޓޯ: އަބްދުﷲ ނަސީރު
0 ކޮމެންޓް
 

އުތީމުގައި ބާއްވާ މޫދު ކަސްރަތު ޕްރޮގްރާމު ފަށައިފި

އެމްއެންޑީއެފް ނޮދަން އޭރިއާއިން އާއި ހއ އުތީމު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "މޫދު ކަސްރަތުން އުފާވެރިކަން ޕްރޮގްރާމް" ފަށައިފިއެވެ.
އެކަމަށްޓަކައި ރޭ އުތީމު ހަނދާނީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޭޖާ އަހުމަދު އާތިފްއެވެ.

އެ ރަސްމިއްޔާތުގައި އުތީމު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމަކީ މިހާތަނަން އުތީމުގައި ބޭއްވޭ އެންމެ ބޮޑު އިވެންޓް ކަމަށެވެ.

"އެ ޕްރޮގްރާމުގައި 102 އަންހެނުންނާއި 27 ފިރިހެނުން ބައިވެރިވޭ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.


އުތީމުގައި ކުރިއަށްދާ މޫދު ކުޅިވަރު ހަރަކާތް ތަކުގެ ތެރެއިން --ފޮޓޯ: އަބްދުﷲ ނަސީރު

ރޭ ފެށި އެ ޕްރޮގްރާމް މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުތީމު ކައުންސިލުން ބުނެއެވެ.

ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި ދުޅަހެޔޮ ސިއްހަތާއި އިޖުތިމައީ ފޭރާން ވަރުގަދަ ކުރުމާއި އިސްލާމީ ރިވެތި އުސޫލުތައް ގާއިމުކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމައެއް ގާއިމުކުރުމަށް އެމްއެންޑީއެފުން އިސްނަގައިގެން ކުރިއަށްގެންދާ އެޕްރޮގްރާމުގެ ސަބަބުން ސިއްހީ ފައިދާތަކެއް ވެސް ލިބިގެން ދެއެވެ.
ހިޔާލު