Libya gai America ge hamala eh gai 90 maru
image
ލީބިއާގައި ސުންނާފަތި ކޮށްލާފައިވާ ސަރަހައްދެއްގައި ހަނގުރާމަވެރިއަކު ހިނގާފައިދަނީ
0 ކޮމެންޓް
 

ލީބިއާގައި އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި 90 މަރު

ލީބިއާގައި އެމެރިކާއިން ދިން ވައިގެ ހަމަލާތަކެއްގައި 90 އަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ލީބިއާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ލީބިއާގެ އަސްކަރިއްޔާއާއި ސަރުކާރު ސިފައިންނަށް ތާއީދުކުރާ ހަނގުރާމަވެރިން ބުނީ އެގައުމުގެ ސިރްތުގެ ކައިރި ސަރަހަށްދަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި 90 އަށް ރުރެ ގިނަ މީހުން މަރާލާފައިވާ ކަމުގައެވެ. ސިރްތަކީ މިދިޔަ ޑިސެމްބަރު މަހާއި ޖެހެންދެން އިސްލާމިކް ސްޓޭޓްސް، އައިއެސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ.

އެމެރިކާގެ ވައިގެ ހަމަލާގައި މަރުވި މީހުންގެ ހިރަފުހުން ތަތްތެޅިފައިވާ ހަށިތަކުގެ ފޮޓޯ ލީބިއާގެ ބަރުތަކުންވަނީ ދައްކާވެސް ލާފައެވެ.

މިކަމާއި ގުޅިގެން އެމެރިކާއިން ބުނީ ޔޫރަޕަށާއި އެމެރިކާއަށް ހަމަލާ ދިނުމަށް ރާވަމުން ގެންދިޔަ 80 އަށް ވުރެ ގިނަ މީހުން ފާއިތުވި ހަފްތާތަކުގައި އެމެރިކާއިން ދިން ބޮމުގެ ހަލަމާތަކުގައި ސިރްތާއި ކައިރި ހިސާބުތަކުން މަރާލާފައި ވާކަމުގައެވެ.
އެމެރިކާ ލީބިޔާ
ހިޔާލު