Mas Nimunu Iru dhaulath ge Gina Muvazzafun nah Musaara nudhevey
image
ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި މިހާރުގެ ފިނޭންސް މިނިސްޓަރު މުނައްވަރު
24 ކޮމެންޓް
 

މަސް ނިމުނު އިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރަ ނުދެވޭ!

މަސް ނިމުނު އިރުވެސް ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ މައްސަލަ ފެންމަތިވެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ވީއެފްޕީއާއި ވާހަކަ ދެއްކި ސިވިލްސާވިސް ބައެއް މުވައްޒަފުން ބުނީ މިއަދަކީ ޖެނުއަރީ މަހުގެ އެންމެ ފަހު ދުވަހަށް ވާއިރު މިއަދު އޮފީސް ނިންމާފައި ނިކުތް އިރުވެސް މުސާރަ ޖަމާ ނުވާ ކަމަށެވެ. އަދި ބައެއް މުވައްޒަފުން ބުނީ މިއަދު މުސާރަ ލިބޭނެތޯ ވެރިން އަރިހު ދެންނެވި ކަމަށާއި ނަމަވެސް ވެރިންވެސް ޔަގީންކަމެއް ނުދެއްވާ ކަމަށެވެ.

ވީއެފްޕީއާއި ވާހަކަ ދެއްކި ސަރުކާރުގެ މިނިސްޓްރީ އެއްގެ މުވައްޒަފަކު ބުނީ މިއަދު މުސާރަ ލިބޭނެ ކަމެއްވެސް އަދި ނޫން ކަމެއްވެސް ނޭންގޭ ކަމުގައެވެ.

ނަމަވެސް މި މަހަކީ އެނގިފައިވާ ގޮތުގައި ރާއްޖެ މިނިވަން ވީފަހުން މަސް ނިމުނު އިރު ދައުލަތުގެ މިހާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވޭ މަސްކަމަށް އެ މުވައްޒަފު ބުންޏެވެ.

ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ އިތުރުންވެސް ދައުލަތުގެ އެހެން ބައެއް އޮފީސް ތަކުގެ މުވައްޒަފުންނަށްވެސް މިއަދު އޮފީސް ނިމުނު އިރު މުސާރަ ޖަމައެއް ނުވެއެވެ.

މުސާރައިގެ މައްސަލާގައި ފިނޭންސް މިނިސްޓްރީން ބުނީ މުސާރަ ދޭނެ ފައިސާ އެބަހުރި ކަމަށާއި މުވައްޒަފުންނަށް މުސާރަ ޖަމާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމުގައެވެ.

"މުސާރަ ޖަމާވާނެ. މުސާރަ ލިބޭނެ. މިހާރުވެސް ދަނީ މުސާރަ ޖަމާކުރުމުގެ މަސައްކަތް ކުރަމުން،" ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން މުވައްޒަފުންނަށް މުސާރަ ޖަމާކުރަމުންދަނީ އެމުވައްޒަފަކު މަސައްކަތްކުރާ އޮފީހަކުންނެވެ. ނަމަވެސް މިމަހުން ފެށިގެން މުސާރަ ޖަމާކުރަން ނިންމާފައިވަނީ ސީދާ ފިނޭންސް މިނިސްޓްރީންނެވެ.

ސީދާ ފިނޭންސް މިނިސްޓްރީ މުސާރަ ޖަމާކުރުމުގެ މަސައްކަތް ފެށިއިރު އެ މިނިސްޓްރީން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން އެހެން އޮފީސްތަކަށް ބަދަލުކޮށްފައެވެ، އަދި ބައެއް މުވައްޒަފުން ވަކީ ވަކިކޮށްފައެވެ.
ދައުލަތް ފިނޭންސް
ހިޔާލު

އަންނި

މަހުގެ 3 ވަނަ ދުވަހު މުސާރަ ޖަމާވި ފަހަރެއްވެސް ދިޔަ ވެއްޓުނު ސަރުކާރުގަ

ހެއްވާކަމެއް

ފިނޭންސް މިނިސްޓްރީން ފައިސާގެ ޗެކްތައް ހެދުމާ އެޗެކްތައް ޙަވާލުކުރުމާ އަދި މުސާރަތައްވެސް ޖަމާކުރުން ދެން އޮފީސްތަކުގެ ބަޖެޓް ސެކްޝަނަށް ވަރަށް ލުއިވާނެދޯ! އެކަމަކު ވަޒީފާއިން ވަކިކުރަނީވެސް ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން.

ބާބޫ

މިމަހުވެސް މިރަށު ކައުންސިލްގެ މުއައްޒަފުންގެ މުސާރަ ޖަމާކުރީ ކައުންސިލްގެ އެކައުންޓަށް

ހާސަރު

ދައުލަތުގެ ޚަރަދު ނުކަތާވަރަށް ބޮޑުކޮށްފަ އިންތިހާއަށް ލޯން ނަގާފަ އިރުއިރު ކޮޅާ ފުލުހުންނާއި ސިފައިން އިތުރުކޮށްފަ މިއަހަރު އަނެއްކާ ފުލުހުންގެ މުސާރަބޮޑުކޮށްފަ އެތައް ބައިވަރު އިސްރާފެއް ކުރީމަ މުސާރައެއް ނުދެވޭނެ! އަދި ނުވިތާކަށް ފެލާފެލާ ސަރުކާރުގެ ކުންފުނިތައް އެދަނީ އިދަޖެހެމުން! އެމްއެމްއޭއިން ބިލިއަނުން ދަރަންޏަށް ފައިސާހޯދަން ޓީބިލް ވިއްކަނީ!! ސަހަރޯ ރައްޔިތުންނޭ ހޭލާކަށް ނުވޭތަ!؟

ައަޅެ

ކޮމެންޓަށް ލައިކު ޖެހޭނެ ފީޗާރ ހަދާ ދީބަލަ

ނާހިޒު

އަދިވެސް ޖުޑިޝަރީގެ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް މުސާރަ ޖަމައެއް ނުކޮށްދޭ. މިއަދަކީ ފެބުރުވަރީ 1. ދެން ޖަމާކުރާ މުސާރަޔަކީ ޤާނޫނާ ޚިލާފުވުމަށްފަހު ޖަމާކޮށްދޭ މުސާރަޔަކަށް ވާނީ. ޤާނޫނާ ޚިލާފުވި މުވައްޒަފުންނަށް އަދަބު ލިބެންޖެހޭނެ. ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަވެސް ހުށަހަޅުއްވަންވީ.

ދައްތަ

އަހަރެންނަކީ ސަރުކާރުގެ 0 ހިއްސާ އޮންނަ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް. އަހަރެންގެ މުސާރަ 26 ވަނަ ދުވަހު ޖަަމާވެއްޖެ.

ޤާނޫނު

މުސާރަ ޖަމާ ކުރަން ޤާނޫނުގަ އިންނަނީ އެންމެ ފަހު ދުވަހުގެ އޮފީސް ބަންދު ކުރާ ދުވަހަކު ނޫން... ޤާނޫނުގަ އޮންނަނީ ޖެހިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން މުސާރަ ދޭން މާނައަކީ 31 ވަނަ ދުވަހުގެ ރޭނގަނޑު 23:59ގަ ޖަމާކުރިޔަސް ރަނގަޅުވާނެ... އަދި ނުވޭދޯ މަސްނިމުނު އިރު މުސާރަ ޖަމާ ނުވެވޭ ކިޔާ ހަބަރު ޖަހާކަށް... މާދަމާ ނުވެއްޖެއްޔާ ހަބަރުޖަހަން މަޑުކުރިނަމަ

މާނު

މުސާރަ ނުލިބޭ، ފިނޭންސް މިނިސްޓްރީއިން އަޅުގަނޑުމެންނަށް ލިބޭނެ ގެއްލުންތަކަށް ޒިންމާވާންޖެހޭނެ. ފެއިލްޑް ސަރުކާރެއް.

ޗަބީ

އާދަމް ޝަރީފް މިސަކަރާތް ޖަހާއިރު ކޮބާ ހޯމް މިނިސްޓަރ. ފުލުހުން 1 ހަފްތާ ކުރާ މަސައްކަތް ވެސް ސިފައިންނަކަށް ނުކުރެވޭނެ. އާދަމް ޝަރީފް އަށް ބޭނުން އެއްޗެއް ނެހެދޭނެ. ސިފައިން މުޅި ޤައުމުގައި ލީޑަރޝިޕް ކޯސް ހިންގިޔަސް އެއީ އުރައްޕެއް ހުރީކީ ނޫން. ލީޑަރޝިޕުން ޕީއެޗްޑީ ނެގިޔަސް އެމް.އެންޑީއެފް ޕްރޮގްރާމްގައި ބައިވެރިވާން އޮފީސްތަކަށް މަޖުބޫރު ކުރުވައިހަދާ. ބޮޑު ޖޯކެއް ލީޑަރ ޝިޕް ޕްރްގްރާމެކެޭ ކިޔާފައި.

ސަކީނާ

ޢަބްދުއްﷲ ތީ ސަރުކާރު މުވައްޒަފެއްތޯ؟ ކޮން އޮފީސްތަކެއްގެ މުވައްޒަފުންގެ މުސާރަތޯ ކުރިން ޖަމާވީ؟ އަޅުގަނޑުގެ މުސާރަ ޖަމާވީ މިރޭ 9 ޖަހަނިކޮށް...

ޢަހަރެން

މަށަށް އިއްޔެ މުސާރަ ޖަމާވެއްޖެ.
މީ ހަމަ އެންމެ އަވަހަށް ޖަމާވީ އެއް މަސްް. . .

ޛަޔާ

ޟިފަހަރު އެކަންޏެއްނޫން މީގެ ކުރިން ވެސް ކިތައްމެ ފަހަރަކު އެބަހުރި މަުގެ 2 3 ގަ ވެސް ޖަމާ ވެފަ މިފަހަރު ކީއްވެބާ މާބޮޑުކަމަކަށް ކަމކަށް ވެގެން މި އުޅެނީ

ފަތިސް

ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމާއި ގުޅިގެން އެމްއެނޑީއެފް ބަނޑުކައްކާތީވެ ފުލުހުންނަށް އަދި މުސާރަ ނުދޭ

ސައުދު

މިއަދު މީ މަހުގެ ފަހު ދުވަހެއްވެސް ނޫން. އަހަންނަކީ ސަރުކާރުގެ 100% ހިއްސާ އޮންނަ ކުންފުއްޏެއްގެ މުއައްޒަފެއް. އަހަރެންގެ މުސާރަ މިމަހުގެ 27 ވީ ހުކުރު ދުވަހު ޖަމާ ކޮއްދީފި. ﷲ މޮޅަށް ދެނެވޮޑިގެން ވޭ.

ޝިމޫ

ޙަމަ ޔަގީނުންވެސް އިސްކަންދަރު ސްކޫލު މުއަޒަފުންގެ މުސާރަ އަދި ޖަމާއެއްނުވޭ. މިހާރު ގަޑިން 20:17

ޙަމަދު

ޢަބުދުﷲ ކަލެޔަށް ހާދަ އެނގިގެންނޭދޯ ތިއުޅެނީ. ވާނުވާގަ ހުރެބަ

ޞަލާޙު

ޓީޗަރުންނަކަށްވެސް އަދި މުސާރަ ޖަމައެއް ނުކޮށްދޭ.

ކިޔުނތެރިއެއް

އަދި ޖަމައެއް ނުވެ. އެކަމަކު ވަޒީފާ ބަޔާނުގަ އޮވޭ ކޮންމެ މީލާދީ މަހެއްގެ 30 ގެ ކުރިނ ޖަމާވާނެ ކަމަށް

ސަބީޙު

ޖުޑިޝަރީގެ އެއްވެސް މުވައްޒަފަކަށް އަދި މުސާރަ ޖަމައެއް ނުކޮށްދޭ. މިހާރު ގަޑިން 19:36

ޚ

ފަނޑިޔާރުންގެ މުސާރަވެސް ޖަމާނުވާށްވަނީ.

އަބުދުއްﷲ

މީ ހަމަ ކަޑައެޅިގެން ދޮގު ، ސަރުކާރުގެ ގިނަ މުވައްޒަފުން ނަށް މިހާރު މުސާރަ ލިބިއްޖެ ، އެމްޑީޕީ ވެރިކަމުގަ މުސާަރަ ނުދިނަސް މިވެރިކަމުގަ ބަރާބަރަށް މުސާރަ ލިބޭ

މުހަންމަދު

ސަބާސް އަދިމަސްނުނިމޭ ކެތްނުކުރެވިގެންތިޔައުޅެނީ ތިޔަމުސާރަ ހައްގުވާނެތޮ އަމިއްލަ ނަފުސާ ސުވާލުކޮއްބަލަ މަކަންހީޔެއްނުވޭ ޖިންމާދާރުކަމާއެކީ ވަޒީފައަދާކުރާހެން

އިސްމާލު

އަދި ނުނިމެއެއްނު ފެބްރުއަރި މަހެއް.