Riyasee Bayaan Ihvaa Jalsaa
image
މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން-- ފައިލް ފޮޓޯ
0 ކޮމެންޓް
 

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށައިފި

ލައިވް ކަވަރޭޖް
10:30
06/02/2017
ޖަލްސާ ނިންމާލައިފި.
10:28
06/02/2017
ރައީސް ޔާމީން: ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ، ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް އަވަހަށް ފުއްދައިދިނުން، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔަ އިރު މާތްﷲގެ ވާގިފުޅާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތަކެއް މަޝްރޫއު ކާމިޔާބު ކަމާއެކީ ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ގާއިމްކުރެވިއްޖެ.
10:27
06/02/2017
ރައީސް ޔާމީން: ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން، ވިސާ ނަގަންޖެހޭ ގައުމުތަކާއެކު މަޝްވަރާކޮށް ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މި ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރާނެ.
10:25
06/02/2017
ރައީސް ޔާމީން: ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، 20 ރިސޯޓާއި އެއް ހޮޓާ ވަނީ ހުޅުވިފަ، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު 50 އާ ރިސޯޓް ތަރައްގީކުރުމުގެ އަމާޒުގެ ދަށުން، މިދިޔަ އަހަރު ހަ އަތޮޅަކުން 11 ރިސޯޓް ވަނީ ރަޖިސްޓްރީ ކުރެވިފަ. އަދި 135 ޓޫރިސްޓް ގެސްޓްހައުސް ވަނީ ރަޖިސްޓްރީކުރެވިފަ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު 13 އަތޮޅެއްގައި 25 ރިސޯޓް އަދި ގއ. ކޫއްޑޫގައި ޓޫރިސްޓް ހޮޓަލެއް ހުޅުވި 5275 އެނދު އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ.
10:25
06/02/2017
ރައީސް ޔާމީން: ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 64،000 އަށް ވުރެ ގިނަ ވަޒީފާ އެކި ދާއިރާތަކުން އުފެދިފައިވާ ކަމަށް އަންދާޒާކުރެވޭ
10:24
06/02/2017
ރައީސް ޔާމީން: އައިހެވަންގެ ތަފްސީލީ ކުރެހުންތައް އޭޕްރީލް މަހަށް ނިމޭނެ.
10:22
06/02/2017
ރައީސް ޔާމީން: ދިވެހިރާއްޖޭގެ އިގްތިސާދު، 2016 ވަނަ އަހަރު ކުރި އަރާފައިވާ ނިސްބަތަކީ 3.9 އިންސައްތަ، އަދި 2017 ވަނަ އަހަރު ގައުމުގެ އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވެ، 4.7 އިންސައްތައަށް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ. ރާއްޖޭގެ އިންފްލޭޝަން ރޭޓް ވޭތުވެދިޔަ އަހަރު އެވަރެޖްކޮށްހުރީ އެއް ޕަސެންޓަށްވުރެ ދަށުގައި، އާދެ 0.4 ޕަސެންޓްގައި، ފާއިތުވި އަހަރުވެސް ތަކެތީގެ އަގު އުފުލެމުންދިޔަ މިންވަރަކީ ދެ ޕަސެންޓަށްވުރެ ދަށުގައި ހިފެހެއްޓިފައިވާ މިންވަރެއް. 2017 ގައިވެސް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިގެންދަނީ އިންފްލޭޝަން ރޭޓް ދެ ޕަސެންޓަށްވުރެ ދަށުގައި ބެހެއްޓުމަށް. 2016 ވަނަ އަހަރު ދައުލަތަށް 18.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު 22.4 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވޭ. 2017 ވަނަ އަހަރުގެ ނިޔަލަށް 22.2 ހަރަދު ކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، 21.9 ބިލިއަން ލިބޭނެ ކަމަށް ލަފާކުރެވިފައިވަނީ. އެހެން ކަމުން 2017 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 303 މިލިއަން ރުފިޔާއަށް ކުޑަކުރެވި، ޕްރައިމަރީ ބެލެންސް 1.1 ބިލިއަން ރުފިޔާއިން އަރަނިވެރިވާނެ ކަމަށް ބެލެވޭ. އަރަނިވާނެ ކަމަށް ބެލެވޭ.
10:21
06/02/2017
ރައީސް ޔާމީން: ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ. ނިލަންދޫ، ގދ. މާވަރަލު، އަދި ފަރެސްމާތޮޑާގައި ސަރަހައްދީ ވައިގެ ބަނދަރު ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ.
10:21
06/02/2017
ރައީސް ޔާމީން: މިދިޔަ އަހަރު 40 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށް ގެންދެވުނު. އަދި މިއަހަރުގެ ތެރޭގައި ފެނުގެ ނިޒާމް ގާއިމްކޮށްދިނުމުގެ 28 މަޝްރޫއެއް އެކި މަރުހަލާގައި ކުރިއަށް ގެންދާނެ.
10:21
06/02/2017
ރައީސް ޔާމީން: 2016 ވަނަ އަހަރު 56 ރަށެއްގެ ނަރުދަމާގެ މަސައްކަތް، އެކި މަރުހަލާގައި ކުރިއަށް ގެންދެވުނު. އޭގެ ތެރެއިން 32 ރަށެއްގެ ޑިޒައިން މަސައްކަތް ނިންމާ، 11 ރަށެއްގެ އަމަލީ މަސައްކަތްކުރާނެ ފަރާތްތައް ހޯދުމުގެ މަރުހަލާއާ ހަމައަށްވަނީ އާދެވިފަ.
10:19
06/02/2017
ރައީސް ޔާމީން: ވޭތުވެދިޔަ އަހަރު 13 ރަށެއްގެ ބަނދަރު ހަދާ ވަނީ ނިމިފަ. އަދި 43 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ.
10:19
06/02/2017
ރައީސް ޔާމީން: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާ އަދާކުރެވޭ ވަރުގެ 270 މީހުންނަށް ވަނީ ވަޒީފާ ހަމަޖައްސައިދެވިފަ
10:19
06/02/2017
ރައީސް ޔާމީން: އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކުރެވިފަ. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އެ ހޮސްޕިޓަލް ހުޅުވިގެންދާނެ
10:18
06/02/2017
ރައީސް ޔާމީން: މިދިޔަ އަހަރު ސިއްހީ ދާއިރާއިން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ރާއްޖެއިން ލިބެން ނެތް ބައެއް ސިއްހީ ހިދުމަތްތައް އައިޖީއެމްއެޗްގައި ގާއިމްކުރުމަށް. މިގޮތުން ކާޑިއެކް ސެންޓަރެއް ގާއިމްކޮށް އެ ސެންޓަރުގެ ހިދުމަތް ދޭން ފެށުމާއި، ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރެއް ގާއިމްކޮށް ކިޑްނީގެ ބަލިތަކަށާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު އައިޖީއެމްއެޗްގައި ވަނީ ހަމަޖައްސައިދީފަ
10:17
06/02/2017
ރައީސް ޔާމީން: ސްކޫލް ތައުލީމްގެ ރަސްމީ ބައެއްގެ ގޮތަށް ޕްރީ ސްކޫލް ކަނޑައަޅައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ޕްރީ ސްކޫލް ތައުލީމު ހިލޭ ފޯރުކޮށްދޭން މިހާރު ވަނީ ފަށާފަ.
10:16
06/02/2017
ރައީސް ޔާމީން: ވޭތުވެދިޔަ 2016 ވަނަ އަހަރު ތައުލީމީ ދާއިރާއިން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ އޯލެވެލް އިމްތިހާނުގައި، އެސްއެސްސީ އިމްތިހާނުން، ކޮންމެ 10 ކުއްޖެއްގެ ތެރެއިން ހަތް ކުއްޖެއް، ފަސް މާއްދާއިން ފާސްވެފައިވުން.
10:14
06/02/2017
ރައީސް ޔާމީން: ވަރުވާ އަށް ދޫކުރާ ރަށްތަކުން ލިބޭ އާމްދަނީ ވަނީ މަތިވެފައި.
10:13
06/02/2017
ރައީސް ޔާމީން: ށ. ކޮމަންޑޫ، ރ. މަޑުއްވަރީ، ބ. އޭދަފުށި، ޅ. ހިންނަވަރު، ޅ.ނައިފަރު، ދ. މީދޫ، ދ. ކުޑަހުވަދޫ، އަދި އައްޑޫ ސިޓީ ފޭދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 600 ހައުސިންގް ޔުނިޓްގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ.
10:12
06/02/2017
ރައީސް ޔާމީން: ހުޅުމާލެ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލަކު، އައްޑޫ ސިޓީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 1500 ހައުސިންގް ޔުނިޓްގެ މަސައްކަތް މިހާރު ވަނީ ނިމިފަ.
10:11
06/02/2017
ރައީސް ޔާމީން: ވޭތުވެދިޔަ އަހަރަކީ މާތްﷲ ގެ ވާގިފުޅާއެކު، ރައްޔިތުންނަށް ބޭނުންވެފައިވާ ވަރަށް ގިނަ ކަންތައްތައް ފުއްދައިދިނުމުގައި ސަރުކާރުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއް.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށުމަށް ބާއްވާ ޖަލްސާ ފަށައިފިއެވެ.
ޖަލްސާ ކުރިއަށްދަނީ ދަރުބާރުގޭގައެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ތަފްސީލް އަންނަނީ
ހިޔާލު