Rasffannu gai ithuru hidhumaiyy thakeh Gaaim koffi
image
ރަސްފަންނު ކިއޮސްކު ހުޅުވުން
0 ކޮމެންޓް
 

ރަސްފަންނު ގައި އިތުރު ހިދުމަތް ތަކެއް ގާއިމްކޮށްފި

ރަސްފަންނު ހުޅުވިތާ އިއްޔެ އަށް އެއް އަހަރު ވެފައިވާއިރު، އެ ސަރަހައްދުގައި އިތުރު ހިދުމަތްތަކެއް ގާއިމްކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
ދައުލަތުގެ ބަޖެޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ތަރައްޤީ ކުރި ރަސްފަންނުގައި އަލަށް ތައާރަފްކޮށްފައިވަނީ މޫދުކުޅިވަރު ކުޅެވޭނެ އިންތިޒާމާއި އުނދޯލި ގެއަކާއި ބާބަކިއު ހަދާ ތަކެއްޗާއި އެހެނިހެން ތަކެތި ވިއްކާ ކިއޮސް ކެކެވެ.

މޫދުކުޅިވަރު ކުޅޭ ތަކެއްޗާއި އުނދޯލިގެ ބެހެއްޓީ އެސްޓީއޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ނެވެ.

ރަސްފަންނު ކިއޮސްކު ފިހާރަ ގާއިމްކޮށްފައިވަނީ އެމްޓީސީސީގެ ފަރާތުންނެވެ. އަލަށް ގާއިމްކުރި ހިދުމަތްތައް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުގެ އިތުރުން އެސްޓީއޯއާއި އެމްޑީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ފާއިތުވި އެއް އަހަރުތެރޭ ރަސްފަންނާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވަރަށް ގިނަ ވާހަކަ ދައް ދައްކާފައިވާ ކަމުގައެވެ.'

އެގޮތުން ރަސްފަންނު މަރާމާތު ކުރުމަށް ބޮޑު ހަރަދެއް ހިނގާކަމަށާއި ރަސްފަންނު ގިރުމުން ވެލި އަޅަނީ ހެންވޭރު ހެދިގޮނޑުދޮށުން ގެނެެސްގެންކަމަށް ވާހަކަ ދެކެވޭ ކަމަށް މުއްޒު ވިދާޅުވިއެވެ.

ނަމަވެސް ރަސްފަންނު ހެދިފަހުން އެތަން މަރާމާތުކުރުމަށް ދައުލަތުން ހަރަދު ނުކުރާކަމަށާއި ހެދިގޮނޑުދޮށުން ވެލި ގެނެސްގެން ރަސްފަންނަށް ނާޅާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ހިޔާލު