TfG inn Inthizaam Kuraa Coca-Cola Longrun 2017 Launch Kohfi
image
ޓީއެފްޖީ އިން އިންތިޒާމް ކުރާ ކޮކަކޯލާ ލޯންގްރަން 2017 ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ ވީއެފްޕީ
1 ކޮމެންޓް
 

ޓީއެފްޖީ އިން އިންތިޒާމް ކުރާ ކޮކަކޯލާ ލޯންގްރަން 2017 ލޯންޗްކޮށްފި

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމް ކުރާ ކޮކަކޯލާ ލޯންގްރަން 2017 ލޯންޗްކޮށްފިއެވެ.
ކޮކަކޯލާ ލޯންގްރަން 2017 ލޯންޗްކޮށްފައިވަނީ މިއަދު ސޯލްޓް ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ދިގު ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައެވެ. ޓީއެފްޖީ އިވެންޓްގެ މެއިން ސްޕޮންސާއަކީ ކޮކަކޯލާއެވެ.

ލޯންގް ރަންގައި ބައިވެރިވާ ފަރާތްތަކަށް ޓީއެފްޖީން ދަނީ ތަމްރީން ދެމުންނެވެ.

ލޯންގްރަން ފެށުނީ 2013 ވަނަ އަހަރު 210 ބައިވެރިންނާއެކުއެވެ. އެފަހަރުގެ ހާފް މެރަތޮންގައި 50 ބައިވެރިން ބައިވެރިވިއެވެ. 2015 ވަނަ އަހަރު އިވެންޓްގެ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް މެރަތޮން ކެޓަގަރީ ތައާރަފްކުރިއެވެ. އަދި ކުރިން ހަވީރު ބާއްވަމުންދިޔަ ރޭސް އެ އަހަރު ފެށީ ދަންވަރު 3:20 ގައެވެ. އެ އަހަރުގެ މެރޮތަންގައި ފަސް އަންހެން ބައިވެރިންނާއި 14 ފިރިހެން ބައިވެރިން ބައިވެރިވިއެވެ. އެ ފަހަރު 42.2 ކިލޯމީޓަރުގެ މެރޮތަން ރޭސް ނިންމާލީ 13 ބައިވެރިންނެވެ. އެ އަހަރުގެ ހަތް ގައުމަކުން ބައިނަލްއަޤްވާމީ ހަތް ދުވުންތެރިން ބައިވެރިވިއެވެ.

މިދިޔަ އަހަރުގެ މެރޮތަންގައި 32 ބައިވެރިން ބައިވެރިވިއިރު އޭގެ ތެރޭގައި 15 ބައިނަލްއަޤްވާމީ ދުވުންތެރިންވެސް ހިމެނެއެވެ.

މިއަހަރުގެ ލޯންގްރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ގޯޓްރޭސް ވެބްސައިޓް މެދުވެރިކޮށް ލޯންގްރަންގައި ރަޖިސްޓާ ކުރެވޭނެއެވެ.

މެރަތޮން ކެޓަގަރީގެ އިތުރުން ކޮކަކޯލާ ލޯންގްރަންގައި ފަސް ކިލޯމީޓަރުގެ ކެޓަގަރީ އާއި 10 ކިލޯ މީޓަރުގެ ކެޓަގަރީ އާއި ހާފް މެރަތޮން ހިމެނެއެވެ.
ހިޔާލު

ގޯސް

ޓީ އެފްޖީ ކަހަލަ ބަޔަކު ކޯކް އިސްތިހާރު ކުރަން ފެށުމަކީ ދެރަކަމެއް.ޒުވާނުންނަށް ނުބައި މެސެޖެއް.