4 aharu ge kujjaku karugai Ruffiya eh thaashive admit koffi
image
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
0 ކޮމެންޓް
 

ހަތަރު އަހަރުގެ ކުއްޖެއްގެ ކަރުގައި ރުފިޔާއެއް ތާށިވެ އެޑްމިޓްކޮށްފި

ށ އަތޮޅު ފޭދޫ އުމުރުން ހަތަރު އަހަރުގެ ކުއްޖެއްގެ ކަރުގައި ރުފިޔާއެއް ތާށިވެ އެމެޖެންސީގައި ފަރުވާ ދެމުން އެބަ ގެންދެއެވެ.
ފޭދޫން ވާހަކަ ދެއްކި މީހަކުބުނީ އިއްޔެ ހަވީރު ރުފިޔާއެއް އަނގަޔަށް ލައިގެން އުޅެނިކޮށް ރުފިޔާ ތާސިވި ކުއްޖާއަށް އެރަށުން ފަރުވާ ދެވެން ނެތް ކަމުގައެވެ. އަދި ހެލްތް ޕޯސްޓަށް ގެންދިއުމަށްފަހު އިއްޔެގެ ވަގުތެއްގައި އެމެޖެންސީގައި އެކުއްޖާ ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގައެވެ.

ނަމަވެސް ފަހުން އެކުއްޖާގެ ހާލަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ލިބިފައި ނުވާކަމަށް އެމީހާ ބުންޏެވެ.

މި ހަބަރާއި ގުޅޭގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެއެވެ.
ހިޔާލު