Terrorismge Dhuavaa ah Ameen Faisal Inkaaru Kuravvaifi
image
އަމީން ފައިސަލު---
1 ކޮމެންޓް
 

ޓެރަރިޒަމްގެ ދައުވާއަށް އަމީން ފައިސަލު އިންކާރު ކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް އާރަށަށް ގެންދިޔަ މައްސަލާގައި އަމީން ފައިސަލުގެ މައްޗަށް ކުރާ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފިއެވެ.
މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ރައީސް ޔާމީން 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު ހައްޔަރުކޮށްގެން އާރަށަށް ގެންދިޔަ މައްސަލާގައެވެ. އެމަނިކުފާނު ދޫކޮށްލާފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާ ވެސް ސުވާލުކޮށްފައިވެއެވެ. ނަމަވެސް މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.

އެ މައްސަލައާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަމީންގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ އަމީން ފައިސަލު ޓެރަރިޒަމުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

އަމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ލިއުންތައް ގާނޫނީ ވަކީލާ ހަވާލުކޮށްފައިވަނީ މިއަދު ކަމަށްވާތީ ހެކިން ހުށަހެޅުމަށާއި ޖަވާބުޔދާރީވާން އިތުރު ފުރުސަތު އަމީންއަށް ވަނީ ދީފައެވެ.

މިއަދުގެ އަޑުއެހުމުގައި އަމީން ވަކީލުވަނީ އަމީން އަކީ ނުރައްކާތެރި ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހަކަށްވާތީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދިފައެވެ. ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން އަމީންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
ހިޔާލު

ވަޒަންބެ

މިއިންނަނީ ޓެރަރިޒަމްގެ މާނަ ހަމަ ނޭނގިފަ