Heyluntherikan Ithuru Kuraa Islaahu Beyrukoh Duty Bodu Kuran Faas Koffi
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން---
1 ކޮމެންޓް
 

ހޭލުންތެރިކަން އިތުރު ކުރާ އިސްލާހު ބޭރުކޮށް ޑިއުޓީ ބޮޑު ކުރަން ފާސްކޮށްފި

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ ފަހެއް އިންސައްތަ ހޭލުންތެރިކަން އިތުރު ކުރުމަށް ހަރަދު ކުރަން ހުށަހެޅި އިސްލާހު ބޭރުކޮށް ދުންފަތުގެ ބާވަތްތަކާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރަން ކޮމިޓީން ފާސްކޮށްފިއެވެ.
އެކްސްޕޯޓު އިމްޕޯޓު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ މަރުހަލާގައި ދުންފަތުން ނަގާ ޑިއުޓީގެ ފަހެއް އިންސައްތަ ހޭލުންތެރިކަން އިތުރު ކުރަން ހަރަދު ކުރުމަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލެވެ. ނަމަވެސް ފައްޔާޒުގެ އެ އިސްލާހު ސަރުކާރަށް މެޖޯރިޓީ އޮންނަ އެ ކޮމިޓިން ވަނީ ބޭރުކޮށްލާފައެވެ.

"އަޅުގަނޑު އެގޮތަށް އިސްލާހު ހުށަހެޅި ކަމާ ބެހޭ ފަރާތްތައް ހާޒިރުކޮށް ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށްފައި. ޑިއުޓި ބޮޑުކޮށްގެން ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދު ކުރެވިދާނެ. އެކަމަކު ބޮޑު އިމްޕެކްޓެއް ނާންނާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުގެ މެންބަރުން އެގޮތަށް ނިންމުމުން ދޭހަވާ ކަމަކީ ރައްޔިތުންގެ ސިއްހަތަށްވުރެ ސަރުކާރުން ބޭނުންވަނީ ޑިއުޓީ ބޮޑުކޮށްގެން ވެސް ފައިދާތަކެއް ހޯދުންކަން ދޭހަވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެ އިސްލާހު މަޖިލީހުގެ ތަޅުމަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

ކޮމިޓީން ފާސްކޮށްފައިވާ ގޮތުން ކޮންމެ ސިނގިރެޓަކުން 75 ލާރި ބޮޑުވާނެއެވެ. އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރީ ލީޓަރަކުން 4.60 ރުފިޔާ ނެގުމަށެވެ.
ހިޔާލު

އަލި

ހަހަހަހާ .. ދުންފަތް ބޯން ހުއްޓާ ނުލާގެނެއް ނޫން މިއުޅެނީކީ.. މިއުޅެނީ ލާރިގަނޑެއް ހޯދާލާނެ ގޮތެއް ނޭނގިގެން. ހަހަހަހަހާ ... ރައްޔިތުންނަށް ހެވައް ކުރާކަމެއް ނޫންމީ. މިހިސާބުން ސިގިރީޓް ވަގަށް އިތެރ ކުރަން ފެށުނީމި.. ދެން އޮންނާނީ ކަސްޓަމްސް ކުދީންނަށް ރިޝްވަތު ދިނޫން.. މިއޮތީ ވާ ގައުމެއް. މިއޮތީވާ ރައީސެއް.