Kaadehdhoo Airport Athulun Madu jassaalan Nerunu Amuru Baathil Koffi
image
ކާޑެއްދޫ އެއާޕޯޓު---
0 ކޮމެންޓް
 

ކާޑެއްދޫ އެއާޕޯޓު އަތުލުން މަޑު ޖައްސާލަން ނެރުނު އަމުރު ބާތިލުކޮށްފި

ކާޑެއްދޫ އެއާޕޯޓު ގާސިމް އިބްރާހީމްގެ ވިލާ އެއާ އަތުން ނެގުން މަޑުޖައްސާލަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
ސިވިލް ކޯޓަށް ވިލާ އެއާއިން ހުށަހަޅާފައިވާ މައްސަލާގައި ނެރެފައިވާ އެ އަމުރު ހައިކޯޓުން މިއަދު ބާތިލުކޮށްފައިވަނީ އެ އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެއެވެ. ދައުލަތުން އެ އަމުރު އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުން ވެސް ވަނީ އެކަމަށް އިއްތިފާގުވެފައެވެ.

ވިލާ އެއާ އަތުން ކާޑެއްދޫ އެއާޕޯޓު ނަގާފައިވަނީ އެއްބަސްވުމާއި ހިލާފަށް ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާ ކަމަށް ބުނެއެވެ.

ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަތުން އަތުލާފައިވާއިރު ވިލާ އެއާއިން ހިންގަމުން ގެންދާ މާމިގިލީ އިންޓަނޭ×ަނަލް އެއާޕޯޓުވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފައެވެ.
ހިޔާލު