Gabrusthaan Balahattan Kuri Amuru Isthiunaaf kuranee
image
ކޯގަންނު ގަބުރުސްތާނުގައި ހުރި މަހާނަ ގާތަކަކަށް ގެއްލުން ދީފައި---ފޮޓޯ:އައްޑޫލައިވް
0 ކޮމެންޓް
 

ގަބުރުސްތާން ބަލަހައްޓަން ކުރި އަމުރު އިސްތިއުނާފު ކުރަނީ

އައްޑޫ ސިޓީ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނު ރައްކާތެރިކޮށް ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރު އިސްތިއުނާފު ކުރަން ފުލުހުން ނިންމައިފިއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އަމުރު އިސްތިއުނާފު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ފުލުހުންގެ މައްޗަށް އެ އަމުރުކޮށްފައިވަނީ އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ކޯޓުން އެ އަމުރު ނެރެފައިވަނީ ކޯގަންނު ގަބުރުސްތާނަށް ބަޔަކު ގެއްލުން ދެމުންދާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

އައްޑުގެ އޮންލައިން ނޫހެއް ކަމަށްވާ "އައްޑޫލައިވް" އިން ރިޕޯޓްކޮށްފައިވާ ގޮތުން ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަށް ތަޅާލައި، އެތަނުގައި ހުންނަ ޒިޔާރަތަށް ބަޔަކު ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފައެވެ.

ހިމާޔަތްކޮށްފައިވާ އެ ގަބުރުސްތާނަށް ބޮޑެތި ގެއްލުން ދެމުންދާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވެސް "އައްޑޫލައިވް" އިން ރިޕޯޓްކޮށްފައިވެއެވެ.
ހިޔާލު