Milandhoo Falhu Thereah Gina Adhadhehge Rih'mas Vadhehje
image
މިލަންދޫ ފަޅުތެރެއަށް ވަން ރިއްމަސްތައް ނަގަނީ--ފޮޓޯ ކިޔުންތެރިއެއް
2 ކޮމެންޓް
 

މިލަންދޫ ފަޅުތެރެއަށް ގިނަ އަދަދެއްގެ ރިއްމަސް ވަދެއްޖެ

ށ. މިލަންދޫ ފަޅުތެރެއަށް މިއަދު ގިނަ އަދަދެއްގެ ރިއްމަސް ވަދެއްޖެއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް ހުސައިން ޔަޒުމީން ވިދާޅުވި ގޮތުގައި ރަށުގެ ހުޅަނގު ފަރާތަށް މަސް އައިން ވަދެފައިވަނީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރުއެވެ.


މިލަންދޫ ފަޅުތެރެއަށް ވަން ރިއްމަސްތައް ނަގަނީ--ފޮޓޯ ކިޔުންތެރިއެއް

ގާތްގަނޑަކަށް 12000 ވަރަކަށް މަސް ވަން ކަމަށާއި ދާ ޖަހައިގެން މަސްތައް ނަގާފައިވާ ކަމަށް އެރަށުން މައުލޫމާތުދެއެވެ.


މިލަންދޫ ފަޅުތެރެއަށް ވަން ރިއްމަސްތައް ނަގަނީ--ފޮޓޯ ކިޔުންތެރިއެއް

އެއީ ބަލި މަސްތަކެއް ނޫން ކަމަށް ވެސް ޔަޒުމީން ވިދާޅުވިއެވެ.


މިލަންދޫ ފަޅުތެރެއަށް ވަން ރިއްމަސްތައް ނަގަނީ--ފޮޓޯ ކިޔުންތެރިއެއް

މިދިޔަ އަހަރު ވެސް މިލަންދޫ ފަޅުތެރެއަށް މަސް އައިނެއް ވަދެފައިވެއެވެ. އެފަހަރު 6000 އެއްހާ މަސް ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހިޔާލު

އަހައްމަކަލޯ

އަލްހަމްދުލިﷲ

މާކުންބެ

ދެންތިތާ މަސް ގަންނާކައް ނުޖެހޭނެ