Export Import Qaanoonah Genai Islaahu Thasdheeq Kurahvaifi
image
އެމްޕީއެލް ބަނދަރުގައި އޮތް ބޯޓެއް- ފޮޓޯ އެމްޕީއެލް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަސްދީޤު ކުރައްވާފަ
1 ކޮމެންޓް
 

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހު ތަޞްދީޤު ކުރައްވައިފި

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ނުވަ ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލް ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިއަދު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން އެ ބިލް ޤާނޫނަކަށްވެސް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފައެވެ.

އެއާއެކު ފެނުގެ ޑިއުޓީގެ ގޮތުގައި 15 އިންސައްތަ ނަގާނެއެވެ. ސޮފްޓް ޑްރިންކްސް ލީޓަރަކަށް ޑިއުޓީގެ ގޮތުގައި 4.60 ރުފިޔާ އަދި އެނާޖީ ޑްރިންކްސްގެ ޑިއުޓީގެ ގޮތުގައި ލީޓަރަކަށް 33.64 ރުފިޔާ ނަގާނެއެވެ. އޭގެ އިތުރުން ސިނގިރޭޓްގެ ޑިއުޓީގެ ގޮތުގައި 25 އިންސައްތަ އަދި ސިނގިރޭޓަކަށް ދެ ރުފިޔާގެ ޑިއުޓީއެއް ނަގާނެއެވެ.


ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހު-


ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހު-

އެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.
ހިޔާލު

ފުނޯސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހަލާކުގެ ތެރެއަށް ވަށްޓާ މިލެވުނީ ކުށްލިއަކަށް މިގެނައި ބަދަލުން. އިނާޖީ ޑްރިންކްސް އެތެރެ ކުރަން މީގެ 1 މަސް ، ދެމަސް ކުރިން އޯޑަރ ކޮށްފަވާ ވިޔަފާރި ވެރިންނަށް ބޮޑުގެއްލުމެއް ވާނެ. ކުރިންވެސް ދެންނެވިހެން، ޚާއްސަކޮށް ކުދި ފަންތީގެ ވިޔަފާޜި ވެރިންނަށް ކުރާ އަސަރު ބޮޑުވާނެ. އެއްވެސް ފުރުސަތެއް ރަށްޔިތު މީހާ ނޭވާލާކަށެއް ނުދޭ. ކަންކަމުން ސަލާމަތް ވުމަށް ފުރުސަތު ދޭންވާނެ. މިއީތޯ އިންސާފުވެރި ސަރުކާރެއް ހިންގަންޖެހޭ ގޮތަކީ؟ ކޮންގޮތަކުންތޯ މިކަން އިންސާފުވެރިވާނީ. ވިޔަފާޜިވެރިންނަށް އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދިަުމަށް އޮތީ ކޮން އިތުބާރެއްތޯ؟ ކޮންފަދަ ބޮޑު ގެއްލުމަކާތޯ ރަށްޔިތުން ކުރިމަތިލާން މިޖެހެނީ.