Sheikh Kamal Cup ge Championkan TC Sports Club Hoadhaifi
image
ފައިނަލް މެޗްުގައި ޓީސީގެ ފުރަތަމަ 11 ކުޅުންތެރިން-- ފޮޓޯ ޝެއިިހް ކަމާލް ކަޕް
0 ކޮމެންޓް
 

ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބް ހޯދައިފި

ބަންގްލަދޭޝްގެ ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.
ޕެނަލްޓީ ޖަހައިގެން 6-4 އިން ދެކުނު ކޮރެއާގެ ޕޮޗެއޯން ސިިޓިޒެން ބަލިކޮށް ޓީސީން މުބާރާތް ކާމިޔާބުކުރުމާއެކު އެ ކުލަބު ވެގެން ގޮސްފައިވަނީ ރާއްޖޭން ބޭރުގައި ބޭއްވި ބައިނަލްއަޤްވާމީ ކްލަބު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ފުރަތަމަ ކުލަބަށެވެ.

މިރޭގެ މެޗުގައި، ޓީސީން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އެ ލަނޑު ޖެހީ ޑިފެންޑަރު އަބްދުﷲ ހަނީފެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޕޮޗެއޯންގެ ޔަން ޖޮން ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފް ނިމިގެންދިޔައީ ދެ ޓީމް އެއްވަރުވެގެންނެވެ.

ދެވަނަ ހާފްގައި ޕޮޗެއޮން އަށް ލިބުނު ކޯނަރަކުން އެޓީމުން ނެގި ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޓީސީގެ އަހުމަދު ފައްރާހު ބޮލުގައި ޖެހިފައިވަނީ ބައިކޮޅަށެވެ. ޓީސީއަށް އެއްވަރުކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައި މުހައްމަދު އައްޒާމެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފައެވެ.

ޓީސީގެ ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ މިސްރު ޑިފެންޑަރު އީސާ މަގްރަބީ އާއި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި ޔާމީން އިބްރާހިމް އަދި އަރާޝް އައްސަދެވެ.

ޕޮޗެއޯން އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ޓީސީ އަށް ކުޅޭ ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ސެމްޝޮން ވަނީ މަތަކޮށްފަ އެވެ.
ހިޔާލު