Fuluhun Kaadehdhuah Arai Ethanuge Managementai Bahdhalu Koffi
image
ކާޑެއްދޫ---
4 ކޮމެންޓް
 

ފުލުހުން ކާޑެއްދުއަށް އަރައި މަޝްވަރާކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އަތުން އަތުލަން ނިންމާފައިވާ ގދ. ކާޑެއްދޫ އެއާޕޯޓަށް ގޮސް އެތަނުގެ މެނޭޖުމެންޓާއެކު ފުލުހުން މަޝްވަރާކޮށްފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އެތަނުގެ މެނޭޖުމެންޓާއެކު މަޝްވަރާ ކުރުމަށް ގދ. ތިނަދޫގައި ތިބޭ ފުލުހުން ކާޑެއްދުއަށް އަރާފައިވަނީ ރޭގެ ވަގުތެއްގައެވެ.

"ކާޑެއްދޫގެ މެނޭޖުމެންޓާ މަޝްވަރާ ކުރުމަށް ފުލުހުން ކާޑެއްދުއަށް ދިޔަކަން ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް ކަށަވަރުކޮށްދެއްވިއެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.

ކާޑެއްދޫ މެނޭޖުމެންޓުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ވީއެފްޕީއަށް ވިދާޅުވީ ފުލުހުން ކާޑެއްދުއަށް އެރީ މެނޭޖުމެންޓުން އެދިގެން މަޝްވަރާ ކޮށްލުމަށް ކަމަށެވެ.

ކާޑެއްދޫ ހިންގަން ވިލާއާއެކުވެފައިވާ އެއްބަސްވުން އުވާލާފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެ މައްސަލާގައި ވިލާއިން ވަނީ ދައުވާ ވެސް ކޮށްފައެވެ. އެ މައްސަލާގައި އެއާޕޯޓު އަތުލުން މަޑު ޖައްސާލުމަށް ނެރުނު އަމުރު ހައިކޯޓުން ވަނީ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު ބާތިލުކޮށްފައެވެ.

އެ އަމުރު ބާތިލު ކުރި މައްސަލަ މިހާރުވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ހިޔާލު

މަނިކު

ނަޝީދާ ދެކޮޅަށް އުޅުނު މީސްމީހުނަށް މިވެގެންދާގޮތް ފެނިފައި ހިތަށް އެލިބެނީ ކޮންފަދަ ފިނިކަމެއްތޯއެވެ. "އެއީ މަގޭ ދޯސްތޭ...އެކަމަކު އޭނާ ތިމަންނައާމެދު ކަންކުރިގޮތް ކަމުނުދޭ...." ކިޔައިގެން ޤާސިމު ނަޝީދަށް ގޮވި ގޮވެލި އަލުން އަޑުއަހާލުމަށް ޤާސިމަށް ގޮވާލަން.

ޢަދޫ

ގާސިމު ދެން ދޫވެހި ފާހާނާ ސާފު ކުރަން ދޭ...

އައްބެ

ހެހެހެހެ..ހަބޭސް ޖައްސާފަ އެމީހުން ސޭޓަށް ލަނޑުދީފައި ފިލީދޯ.

ބާބޫ

މާމިގިލީ އެއާރޕޯޓްވެސް ނަގަންވީ އޭރުންހުންނާނީ ރާކަނިމަސް ކެވިފައި ؟ ވެރިކަން ބަދަލުކުރި ދުވަހު އުފަލުން އެ ރޮއިރޮވުމުގެ ހިތިރަހަ މިއަދު ކަރުބުޑުގައިލާނެ؟ މިދައުރު ނިމުގެކުރިން ޖަލައްނުލިއްޔާ ވާ ރަގަޅު ؟