Kaadehdhoo Airportai Regional Airports in Havaalu Vejje
image
ކާޑެއްދޫ އެއާޕޯޓު---ފޮޓޯ:ޓޮކޮއިސް މޯލްޑިވްސް
0 ކޮމެންޓް
 

ކާޑެއްދޫ އެއާޕޯޓާއި ރީޖަނަލް އެއާޕޯޓްސްއިން ހަވާލުވެއްޖެ

ވިލާ އެއާއިން ހިންގަމުން އައި ކާޑެއްދޫ އެއާޕޯޓާއި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން މިއަދު ހަވާލުވެއްޖެއެވެ.
ކާޑެއްދޫ އެއާޕޯޓު ރީޖަނަލް އެއާޕޯޓްސްއާއި ހަވާލު ކޮށްފައިވާކަން ރީޖަނަލް އެއާޕޯޓްސްއާއި ވިލާ އެއާއިން ވެސްވަނީ ވީއެފްޕީއަށް ކަށަވަރުކޮށްދީފައެވެ.

"މަޝްވަރާ ކުރުމަށްފަހު ކާޑެއްދޫ އެއާޕޯޓު ހިންގަން ދަތި ނުވާނެ ގޮތަށް އޮޕަރޭޝަނަށް ބޭނުންވާ ބައެއް ތަކެތި ވެސް ބެހެއްޓުމަށްފަހު އަޅުގަނޑުމެން މި ހޭންޑް އޯވަ ކުރީ،" ވިލާ އެއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކާޑެއްދޫ ރީޖަނަލް އެއާޕޯޓްސްއާއި މިއަދު ހަވާލުކޮށްފައިވާ އިރު ރޭ ފުލުހުން ވެސް ވަނީ އެރަށަށް އަރައި މެނޭޖުމެންޓައި ބައްދަލުކޮށްފައެވެ.

ކާޑެއްދޫ ހިންގަން ވިލާއާއެކުވެފައިވާ އެއްބަސްވުން އުވާލާފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެ މައްސަލާގައި ވިލާއިން ވަނީ ދައުވާ ވެސް ކޮށްފައެވެ. އެ މައްސަލާގައި އެއާޕޯޓު އަތުލުން މަޑު ޖައްސާލުމަށް ނެރުނު އަމުރު ހައިކޯޓުން ވަނީ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު ބާތިލުކޮށްފައެވެ.

އެ އަމުރު ބާތިލު ކުރި މައްސަލަ މިހާރުވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ހިޔާލު