Vaige Magun Kaadehdhoo ah Masthuvaathakethi Gendhiya Anhenaku Hayyarukohfi
image
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި--ފޮޓޯ ޕޮލިސް
1 ކޮމެންޓް
 

ވައިގެ މަގުން ކާޑެއްދޫއަށް މަސްތުވާތަކެތި ގެންދިޔަ އަންހެނަކު ހައްޔަރުކޮށްފި

ވައިގެ މަގުން ގދ. ކާޑެއްދޫއަށް މަސްތުވާތަކެތި ގެންދިޔަ އަންހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާއި ގުޅިގެން ރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާ ހައްޔަރުކުރީ މާލެއިން ކާޑެއްދޫއަށް ދިޔަ ފްލައިޓަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ރޭ ދަންވަރު ކާޑެއްދޫއަށް ޖެއްސި ފްލައިޓުން އޭނާ ކާޑެއްދޫއަށް ފޭބިތަނުން ފުލުހުން ވަނީ އޭނާ ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 98 ޕެކެޓް، އޭނާގެ ހަށިގަނޑުގައި ރައްކާކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު

ދެރަ

ދިވެހި އަންހެނުން