Raajje Balikoh Krygystan inn feshun rangalhukoffi
image
1 ކޮމެންޓް
 

ރާއްޖެ ބަލިކޮށް ކިރިގިސްތާނުން ފެށުން ރަނގަޅު ކޮށްފި

އޭޝިއަން ސެންޓްރަލް ވޮލީ މުބާރާތުގައި ކިރިގިސްތާން އަދި ރާއްޖެ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ކިރިގިސްތާނުން ފެށުން ރަނގަޅު ކޮށްފިއެވެ.
ރާއްޖެއިން ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ލޯ މެޑައްޔެއް ހޯދައި، 2015 ވަނަ އަހަރުގެ މުބާރާތުގައި ރިހި މެޑައްޔެއް ހޯދާފައިއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ކޯޓަށް ހާޒިރުވެފައިވެއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި އުޅުނު މެޗުގައި ކިރިގިސްތާނުން ފުރަތަމަ ސެޓު 22-24 އިން ފަހަތުން އަރައި ކާމިޔާބުކުރިއިރު ދެވަނަ ސެޓު ގެގޮސްފައިވަނީ 33-31 ގެ ނަތީޖާއަކުން އަދި އެންމެފަހު ސެޓު ގެދިޔައީ 24-20 ގެ ނަތީޖާއަކުންނެވެ.

މިމުބާރާތުގެ ފައިނަލަށް އެއްކޮޅުން ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ. އަނެއް ކޮޅުން ފައިނަލުގައި ވާދަކުރާނީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުގެ މެދުގައި ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ މިމުބާރާތުގެ ފައިނަލު މެޗް އޮންނާނީ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.
ވޮލީ ބޯޅަ
ހިޔާލު

އައްމަކަލޯ

24 ން ސެޓް ނިމޭތަ