Asian Central Zone Volley mubaaraathuga raajje kulhunu dhevana matchunves rajje balivejje
image
0 ކޮމެންޓް
 

އޭސީވީ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ ޕައިނަލަށް ދިއުމުގެ އުއްމީދު ކުޑަވެއްޖެވެ.
ރާއްޖޭގައި ކުރިއަށްދާ އެ މުބާރާތުގައި މިއަދު ހަވީރު ނޭޕާލް އަތުން ރާއްޖޭގެ ޓީމު ބަލިވީ 3-1 ސެޓުންނެވެ.

މެޗުގެ ކުރީ ކޮޅު ރަނގަޅު ކުޅުމެއް ދައްކާ މެޗުގެ ފުރަތަމަ ސެޓު ރާއްޖޭން ގެންދިޔައީ 25-23 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓުގައި ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް، އެ ސެޓު ގެންގޮސްފައެވެ. ނޭޕާލުން ދެވަނަ ސެޓު ގެންދިޔައީ 28-26 އިންނެވެ. މެޗުގެ ތިންވަނަ ސެޓު ނޭޕާލުން ގެންދިޔައީ 31-33 އިންނެވެ.

ހަތަރުވަނަ ސެޓުގެ ކުރީކޮޅު ރާއްޖޭން ލީޑު ނެގި ނަމަވެސް، ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް ރާއްޖޭގެ މައްޗަށް ކުރި ހޯދައިފައެވެ. ނޭޕާލުން މެޗު ކާމިޔާބުކުރީ 25-19ގެ ނަތީޖާއަކުން ހަތަރުވަނަ ސެޓުވެސް ކާުމިޔާބުކޮށެވެ.

މިމުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި ތިރުކިމިނިސްތާން ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އާއްދިއްތަ ދުހަވު ހަވީރު 4:00 ގައެވެ.
ވޮލީ ބޯޅަ
ހިޔާލު