Facebookakun Asian Cupah Qualify eh Nuvaaneve.!?
image
ދިވެހި ގައުމީ ޓީމް--ފޮޓޯ އެފްއޭއެމް
6 ކޮމެންޓް
 

ފޭސްބުކަކުން އޭޝިއަން ކަޕަށް ކޮލިފައި އެއް ނުވާނެއެވެ.!؟

އަޅުގަނޑަކީ ނޫސްވެރިއެއް ނޫނެވެެ. ބޯޅަ އަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމުން އެއްޗެއް ނުބުނެ ނުހުރެވިގެން ޚިޔާލެއް މި ފާޅުކޮށްލަނީ ޤާނޫނު އަސާސީން އަޅުގަނޑަށްވެސް ލިބިފައިވާ ހައްޤުގެ ތެރެއިންނެވެ. ހިތްޕުޅާ ނުވާ އެއްޗެއް ބުނެވިއްޖެނަމަ މާފަށް އެދެމެވެ.
ފުރަތަމަ ކަމަކަށް ރޭގެ މެޗުގައި ކުޅުނު ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެމެވެ. ކުޅުންތެރިންނަށް ކުރެވޭނީ މަސައްކަތެވެ. އެކަމަކު ތައްޔާރުވެފައި ނެތް ކަމެއް ނުކުރެވޭނެވެ. މެޗުން މޮޅުވާކަށް އެ ކުޅުންތެރިން ތައްޔާރުކޮށްފައި ނުވާ ކަމަށް ފެނެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިންގަން މިހާރު ހަވާލުވެ ތިބި މީހުންނަށް ހީވާ ކަހަލަ އެވެ. މެޗުން މޮޅުވާނީ ފޭސްބުކް ޕޭޖުގައި ލައިކްސް ގިނަ ވީވަރަކުންނެވެ. އެކަމަކު އެހެނެއް ނުވި ދެއްތޯއެވެ. ފަލަސްތީނުގެ ފުޓްބޯލް އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުގައި އޮތީ އެންމެ 6000 ލައިކެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފޭސްބުކު ޕޭޖުގެ ލައިކްސް 25000 އާ ގާތް ކުރެއެވެ. އެކަމަކު ހިތްދަތި ގޮތަކަށް ރާއްޖެ ބަލިކޮށް އޭޝިއަން ކަޕަށް އަނެއްކާވެސް ކޮލިފައިވުމުގެ މަގުތައް ފަލަސްތީނުން ފަހި ކުރީއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރާއްޖޭގެ ގައުމީ ޓީމް މެޗަކަށް ތައްޔާރުވާން ކޮންމެހެން ކުރަން ޖެހޭ ކަންތައް ނޫން އެހެން ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ކުރިއެވެ. ފޭސްބުކުގައި މި ދިޔަ 15 ދުވަސްތެރޭ 24 ވީޑިއޯ ޓްރެއިލަރ ތައްޔާރުކޮށް އަޕްލޯޑްކޮށްފައި އެބަހުއްޓެވެ. ވީޑިއޯ އިންޓަރވިޔުތަކުގެ ތެރޭގައި ވަކިވަކި ކުޅުންތެރިންގެ ފަރާތުން ސަޕޯޓަރުންނަށް ހުރި މެސެޖްތަކާ، ކުޅުންތެރިން އެކުގައި ކައިފިއްޔާ ކެއި ވާހަކައާ، ޓިކެޓް ވިއްކާ ވާހަކައާ، ޖޯޒީ ވިއްކާ ވާހަކައާ ބޮޑެތި ކްލަބުތަކުގެ ކޯޗުން، ގައުމީ ޓީމާ މެދު ކުރާ އުއްމީދާ، ޓީމުގެ ކީޕަރުންގެ ފެންވަރު މޮޅު ވާހަކައާ ދެން މިހެން ގޮސް ހުރިހާ ވާހަކައެކެވެ. ވަރަށް ފުރިހަމައެވެ. އެފްއޭއެމްގެ ހިންގުންތެރި އެގްޒެކެޓީވް ކޮމިޓީއަށާ އެންމެހާ ވެރިންނަށް އައްސަރިބަހާ ސާބަހެެވެ.

އެހެންނަމަވެސް މެޗަކުން މޮޅުވާން އެފްއޭއެމްއިން ކުރި މަސައްކަތްތަކަށް އަޅުގަނޑު ދޭނީ ސަތޭކައަކުން ސުމެކެވެ.
ރަނގަޅު ނެޝަނަލް ޓީމް ސިލެކްޝަނެއް ނުހެދުނުތާ އެކުވެރިކަމުގެ މެޗެއް ކުޅެނުލެވުނީތީ މި ފަދަ ނަތީޖާއެއް އައިސްދާނެކަން މާކުރިންވެސް އެނގެއެވެ. ފުރަތަމަ ނެގި ސްކޮޑުވެސް ގޯހެވެ. ގަލޮޅު ދަނޑުގައި އެންމެ މެޗެއްވެސް ނުކުޅޭ ކުޅުންތެރިން ހިމަނައިގެން ގައުމީ ޓީމް އެކުލަވާލުމަކީ، ހިތްވަރާއި އެކު އެއްވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ކުޅުންތެރިންނަށް ކުރި މަލާމާތެކެވެ.

ރާއްޖޭގެ އެއްވަނަ ލެފްޓް ބެކް މުހައްމަދު ރަޝީދު ހޮކޭ ބެންޗުގައި ބައިންދާފައި އިންދާ، ހޮކޭގެ ޕޮޒިޝަނުން ބިލްޑުކޮށްގެން ތިން ގޯލް ޖެހުމުން، ކޯޗު ނުކުމެ ތިމަންނަ ޒިންމާ ނަގަމޭ ބުނުމުން ނިމުނީކީ ނޫނެވެ. ތިޔަ ގެއްލުވާލީ އެތައް ދިވެހިންނެއްގެ އުއްމީދެވެ. ބާކީ ފަސް މެޗު އޮއްވާ، ގާތްގަނޑަކަށް އޭޝިއަންކަޕުގެ ދޮރު ބަންދުވީއެވެ. ރަށުން ބޭރުގައި ފަލަސްތީނާ އޮމާން ބަލިކުރެވިއްޖެ ނަމަ އެ ގޮތަކީ މިހާރުން މިހާރަށް އެފްއޭއެމްގެ ހިންގުން ބަދަލުކުރުމެވެ. އެހެންނޫން ނަމަ އެކަން ވާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ބޫޓާން އަތުން މޮޅުވިޔަސް ރަނގަޅެވެ!

ހަގީގަތުގައި މިހުރިހާ ކަމެއްގެ އަސްލަކީ، އެފްއޭއެމްގެ ހިންގާ ކޮމިޓީގައި ފުޓްބޯޅަ ކުޅެ، ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާ ނެތް ބަޔަކު ތިބި ކަމެވެ. ދިވެހިންގެ ލެޔާ ގުޅިފައިވާ ފުޓްބޯޅައަށް ދެރައެއް ނުދީ، އަވަހަށް އިސްތިޢުފާ ދެއްވާފައި ވަޑައިގެންނެވުމަށް ބައްސާމް ޢަދީލް ޖަލީލާ، މަނިކުފާނުގެ ޓީމަށް ނުހަނު އިޚްލާސްތެރިކަމާއި އެކު ގޮވާލަމެވެ.
ހިޔާލު

ޝިމާޒު ޢަލީ

ނާޒިމާއަށް މި ޚަބަރު ފެނިގެން ހޭ ނުނެތިއްޖެއްޔާ ރަނގަޅު

ޙަބީބު

މި ލިޔުނު މީހާ ތިކުރީ ޓެރަރިޒަމްގެ އަމަލެއް ..އަބުރުގެ ދައުވާ ވެސް ކުރެވޭނެ...ދައުލަތާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ ބިރުވެރިކަން ތި އުފެއްދީ

އަމީން

މީހަކު އެއްޗެކޭ ބުނާއިރަށް ފަރަންޖީ ޓާމްތަކެއް ބޭނުންކޮށްގެން މޮޅުވާހަކަ ދެއްކޭތޯ ބެލުން ނޫންކަމެއް ތިޔަ އެސޯސިއޭޝަނުގައި ތިބޭ މީހުން ނުކުރެއެވެ. މަވެސް ރޭގެ މެޗުބަލަން ދަނޑަށް ވަނީމެވެ. ފުރަތަމަ ހާފު ބަލާފައި ހިތަށް ދަތިވެގެން ނުކުތީއެވެ. މެޗު ކުޅުނީ ހުޅަނގުއައްސޭރީގައި ނޫނީ ގާޒާއަކު ނޫނެވެ. މެޗު ކުޅުނީ މާލޭގައެވެ. މެޗަކީ ދިވެހިންގެ ހޯމް މެޗެކެވެ. އެކަށީގެންވާ މިންވަރާއި ގާތަށްވެސް މެޗަށް ތައްޔާރުވެވިފައެއް ނެތެވެ. ހަގީގަތަކީ އެއީއެވެ. މަ ރޭ ދަނޑަށްވަނީ 9 އަހަރަށްފަހު އަލަށެވެ. ގައުމަށްޓަކައެވެ. ފެނުނު މަންޒަރާއި ވީފޫހިން ފަހު ހާފު ނުބަލައި ނުކުތް ފަދައިން ދެން ތިޔަ ދަނޑަކަށް ނުވެސް ވަންނާނަމެވެ. ރިކީބެއަށާއި ބައްސާމުމެންނަށް ވަރަށް ސަލާމެވެ. ފޭސްބުކްޕޭޖުން ތިޔަކުރާކަމެއްކޮށް ނިންމައިލާށެވެ. މަމެން ތިބޭނީ ދުރުގައެވެ. ދިވެހިންނޭ، ލެޔޭ ޖޯޝޭ ނުކިޔައިވޭތޯ ބަލައްޗެވެ.

ަަާާަަަަަދެކޮޅު

ބަލިވީ ކުޅުންތެރިން ފަނިކަމުން މެޗުނިމުން އިރު އޮންޓާ ގެޓައް އެޓޭކެއްވެސް ނުކުރެވުން ...ދެން ކޮންއެފް އޭ ކީކުރަނީ...

ސައްޕޭ

ކުޅުންތެރިންގެ ބޯދިގު ކޮށްފައި ނެތުމުން ވަރަށް ސަޅި ފޮޓޯއެއްް، ބަލިވީ ހަމަ ރޭވުންތެރިކަން ނެތިގެން، ކުޅުންތެރިންގެ މައްސަލައެއްނޫން، އެކުދިން ވަރަށް ހިތްވަރު ކުރި، ހިންގަން ތިބި ވެރިންގެ އިޙްމާލު ވަރަށްްބޮޑު ކަމަށްފެނޭ

މުހައްމާ

ޥަރަށް އިބުރަތްތެރި ލިޔުމެއް. ވަރަށް ރަނގަޅު ވާހަކައެއް