Sports Talk Groupun FAMai VAMge Raes Nukunnavaifi
image
ބައްސާމާއި ލަތީފު---
4 ކޮމެންޓް
 

ސްޕޯޓްސް ޓޯކް ގްރޫޕުން އެފްއޭއެމާއި، ވީއޭއެމްގެ ރައީސް ނުކުންނަވައިފި

ރާއްޖޭގެ އެންމެ މަގުބޫލު ދެ ކުޅިވަރުކަމަށްވާ، ފުޓްބޯޅަ އާއި ވޮލީ އެސޯސިއޭޝަންގެ ރައީސުން، ސްޕޯޓްސް ޓޯކް ވަޓްސްއެފް ގްރޫޕުން އަމިއްލައަށް ނުކުމެވަޑައިގެންފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ބުރާސްފަތި ދުވަހުގެ ރޭ އެ ގްރޫޕް ދޫކޮށްލެއްވިއިރު، ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފު މި ގްރޫޕް ދޫކޮށްލެއްވީ ރޭގެ ދަންވަރުއެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު މި ގްރޫޕުން ނުކުންނެވިއިރު، ނިމިގެން ދިޔަ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ސްޕޯޓްސް ތިންކް ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ވޮލީ އެސޯސިއޭޝަނަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ. އަދި އެ ފާޑު ކިޔުންތަކަށް ލަތީފުއާއި އެ މުބާރާތް ހިންގުމުގައި އިސްކޮށް އުޅުއްވި ޝާފީވަނީ ރައްދު ދެއްވާފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް އެ ގްރޫޕުން ނުކުންނެވިއިރު، އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީން މެޗުން ރާއްޖެ ބަލިވުމާއި ގުޅިގެން ފާޑު ކިޔާފައިވެއެވެ. އަދި އޭގެ އިތުރުން އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ބައިވެރިވެފައިނުވާތީ އެކަމާ ގުޅޭ ގޮތުންވެސް މި ގްރޫޕްގައި ފާޑު ކިޔުންތައް އަމާޒުވެފައިވެއެވެ.

ސްޕޯޓްސް ޓޯކް ވަޓްސްއެޕް ގްރޫޕަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުޅިވަރުގެ މަޝްވަރާތައް ހިންގަމުންދާ ވަޓްސްއެޕް ގްރޫޕެވެ. މި ގްރޫޕްގައި ގަވާއިދުން ވާހަކަ ދައްކަވާ ފަރާތްތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ވަޒީރު އިރްތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ. ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ އިސްވެރިންނާ، ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކުޅިވަރު ނޫސްވެރިންނާއި ސްޕޯޓްސް ކައުންސިލްގެ ބޭފުޅުންނާ ކުޅިވަރާ ގުޅުން ހުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެކު ގާތްގަނޑަކަށް 200 އަށްވުރެ ގިނަ މެންބަރުން މި ގްރޫޕްގައ ހިމެނިވަޑައިގަންނަވައެވެ.

ސްޕޯޓްސް ޓޯކް ވަޓްސްއެޕް ގްރޫޕުގައި އެންމެ ގިނައިން ޚިޔާލު ފާޅުކުރައްވާ ފަރާތްތަކުގެ ތެރޭގައި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެއްޓްރީ އަހްމަދު މަރުޒޫގުއާ، ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަދި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފު ހިމެނިވަޑައިގަންނަވައެވެ.
ހިޔާލު

ފާތުން

ކީއްވެ ބާ އެދެ ބޭފުޅުން އަމިއްލައަށް ބޭރުވީ. އަނެއްކާ ކުޅިވަރާ ބެހޭ ވަޒީރުވެސް އެ ގްރޫޕުގައި އިންނަވާކަމަށް އެވަނީ. ވަޒީރަށް ހަޖަމް ކުރެވޭއިރު އެދެ ބޭފުޅުންނަށް ހަޖަމްނުކުރެވިގެން ގްރޫޕުން އަމިއްލައަށް ނުކުތުމަކީ ހިތާމައެއް

އަލިބެ

އެދެ ބޭފުޅުން އެ ގްރޫޕުން އަމިއްލައަށް ބޭރުވުމަކީ ދެރަކަމެއް.

މޫސަ

އެދެ މީހުންވެސް މިހާރު އެއުޅުއްވަނީ މާމަތީގައި. ކިހިނެއް ރަނގަޅުވާނީ. ކަމަކާ ހަވާލުވެގެން އުޅޭއިރު ފާޑުކިޔާނެ. އެފާޑުކިޔުންތަކަށް އިހްތިރާމްކުރަންވާނެ. އޭރުންދޯ ލީޑަރުންނަށް ވެވޭނީ

ގައުމު

ކަލޯ ތިވަނީ ރަނގަޅަށް ހަޖަމެއްނުވާނެ ޔާމީނަށް ތާއިދުކުރާ މީހުންނަންވެސް. އަނެއްކާ އެފްްއޭމުގެ ރައީސް އަކީ ކުޑަކުޑަ ބޭބީއެއްދޯ. މިރާއްޖޭގެ ފުޓްބޯޅަގެ ކަންކަމާ ހަވާލުވާން ކޮބާ ލަދު. މަށަށް އެނގޭ އެސޮރު އެކުރާ ކެމްޕެއިން އެއުޅެނީ ހިތުން މަހުލޫފް ދާއިރާގެ ގޮޑިއަށް ވާދަކުރަން. ކޮން ފަދަ ކަމެއް. މަހޭ ވާދަކުރާ ނަމަ އެގޮޑި ޖެހޭނީ މަހޭ ގޮޅީގައި ބާއްވައިގެން ކާމިޔާބުކުރަން. ހިތުން އޮޅުވާލައިގެން މާ ބުއްދިވެރިކަމަށް ހެދިގެން ދޯ އެ އުޅެނީ