Musaara Bodukoh, New ge Assistant Coach akah Dakey
image
4 ކޮމެންޓް
 

މުސާރަ ބޮޑުކޮށް، ނިއުގެ އެސިސްޓެންޓް ކޯޗަށް ޑަކޭ

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކްލަބުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަސަން ހަމީދު- ޑަކޭ ހަމަ ޖައްސައިފިއެވެ.
ކުރިން ގައުމީ ޓީމްގެ ގޯލް ކީޕަރު ޓްރެއިނަރުގެ މަގާމުވެސް އަދާކޮށްފައިވާ ހަސަން ހަމީދުއަކީ ޒަމާނުއްސުރެ ނިއުރޭޑިއަންޓް މީހެކެވެ. 2013 ވަނަ އަހަރު ބީޖީ ސްޕޯޓްސްގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނުނު ހަސަން ހަމީދަކީ ދެވަނަ ޑިވިޝަންގެ ބާރެއް ކަމަށްވާ ވެލޯޒިއާގެ ބާނީވެސްމެ އެވެ.

މީގެ އިތުރުން 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ 3 ވަނަ މަގާމު ނިއުރޭޑިއަންޓުން ހޯދި އިރު، އެ ޓީމްގެ ދެވަނަ ކީޕަރަކަށް ހުރީ ހަސަން ހަމީދުއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ޓީމަކީ ނިއުރޭޑިއަންޓެވެ.

އެ ޓީމުންވަނީ ރާއްޖޭގެ އެންމެ މޮޅު ގޯލް ކީޕަރު އިމްރާން މުޙައްމަދު އެ ޓީމަށް ގެނެސްފައެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރުގެ މިނިވަން ފަންސާސް މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ޒިއަޒަން ޓީމަށް ގެނެސްފައެވެ. މީގެ އިތުރުން ހަސަން ހަމީދުގެ އިރުޝާދުގެ ދަށުން ރަނގަޅު ޒުވާން ކީޕަރުންތަކެއްވެސް އަންނަނީ ނިއުގައި މަސައްކަތް ކުރަމުންނެވެ.

ނިއުގެ ކީޕަރު ޓްރެއިނަރު ހަސަން ހަމީދުގެ މުސާރަ ބޮޑުކޮށް، އެސިސްޓެންޓް ކޯޗަކަށް މި ހަމަ ޖެއްސީ، ކުރިން އެ މަގާމުގައި ހުރި އަޝްރަފު ލުތުފީ މަގާމުން އިސްތިޢުފާ ދިނުމުން އެ މަގާމް ހުސްކޮށް އޮތުމަށް ފަހު އެވެ. އަޝްރަފު ލުތުފީ މަގާމުން އިސްތިޢުފާ ދީފައިވަނީ ކްލަބާ މެދު ހިތްހަމަ ނުޖެހުންތަކެއް އުޅުމުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ކްލަބުންވަނީ އެކަން ދޮގުކޮށްފައެވެ. އަޝްރަފް ލުތުފީ އިސްތިޢުފާ ދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މުސާރައިގެ ހިތްހަމަ ނުޖެހުންތައް ހުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހިޔާލު

އައްބެ

ކޮންތާކުން ނިއުރޭޑިއަންޓް އެހާވަރަށް ލާރިހޯދީ. އެއީ ސުވާލެއްނު.

މުހައްމަދު އިބްރާހިމް

ވަރަށް ސާފުކޮށް މި ބުނަނީ ނިއުގެ ކަންކަން ހަމައަކަށް އަޅުވަންޏާ އެބަޖެހޭ ޖީއެސްގެ ރުންކުރުކަން ދޫކޮށްލަން. ބަޔަކާ ޖެހެދޭ ދުވަހު، ޔައުނީ މާޒިޔާއާ ޖެހޭ ދުވަހު އެނގޭނެ އަސްލު ސައިޒު

ބޮޑުހާ

ސަމްޕަތަށް ދޭން ވީމާ ނިއުގަ ލާރި ނެތީ. އެކަމަކު ޑަކޭއަށް މުސާރަ ބޮޑުކުރަން ވީމާ އޯކޭ ދޯ. ޖީއެސްއަށް 15، އަދި އިތުރު އެޑްމިން މަންޖެއަށް 5. މި ހުރިހާ ކަމެއް މިހެން ހިނގާކަން ޒިޔާދު ސަރއަށް ނޭނގެނީބާ؟ ހުރިހާ ކަމެއް ކުރަނީ އެކަމަކު އައްބަ

ޝިޔާމ

މުސާރަ ބޮޑުކޮށްގެނެއް ހައިރާނެއް ނުވޭ. ނިއުރޭޑިއަންޓުގައި ލާރި އޮތްކަން ވަރަށް ރަނގަޅަށް އެބައެނގޭ. އެކަމަކު އެ ލާރި ކަރަދު ކުރަނީ އެންމެ ރަނގަޅަކަށް ނޫންކަން އެނގޭކަށް މާ ގިނަ ދުވަހެއް ނުނަގޭނެ.