Fee Bodukoh New Radiant Academy Alun Fashanee
image
ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ ވަހީދު، އެކަޑަމީގެ ބައެއް ކުދިންނާއެކު
3 ކޮމެންޓް
 

ފީ ބޮޑުކޮށް ނިއުރޭޑިއަންޓްގެ އެކަޑަމީ އަލުން ފަށަނީ

ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށް ފަހު ނިއުރޭޑިއަންޓްގެ އެކަޑަމީ މި މަހުގެ އަށެއް ވާ ހޮނިހިރު ދުވަހުގެ ރޭ ފަށަން ހަމަ ޖައްސައިފިއެވެ. މިއީ މިދިޔަ ފެބްރުއަރީ މަހު ފެށުމަށް ހަމަ ޖައްސާފައިވާ ކަމެކެވެ.
ނިއުރޭޑިއަންޓުން ބުނި ގޮތުގައި އެކަޑަމީ ފަށާނީ ޓީމްގެ ޓްރެއިނަރު ޕޯޗްގަލްގެ ވެލިނޮރެސް ފްރާޒާއޯގެ ބެލުމުގެ ދަށުންނެވެ. ޓްރެއިނަރުގެ ދަށުން މަސައްކަތް ކުރާނީ ކުރިން އެކަޑަމީ ބެލެހެއްޓީ، ނިއުގެ ކުރީގެ ޔޫތު ޓީމްގެ ކޯޗު އާދަމް އަބްދުލް ލަތީފެވެ.

ފަށަން ކަނޑައަޅާފައިވާ ތާރީޚަށްވުރެ އެތައް ދުވަހެއް މިހާރުވެސް ލަސްވެފައިވާ އިރު، އެކަޑަމީގެ ފީވެސް ނިއުއިންވަނީ ބޮޑުކޮށްފައެވެ. މިހާރު ފީގެ ގޮތުގައި މަހަކު 300 ރުފިޔާ ނަގަން ހަމަ ޖައްސާފައިވާއިރު، ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން 500 ރުފިޔާ ނަގަން ވަނީ ހަމަ ޖައްސާފައެވެ.

ނިއުރޭޑިއަންޓުގެ އެކަޑަމީ އެންމެ ފުރަތަމަ ފަށާފައިވަނީ، އެ ކްލަބުގެ އެންމެ ކާމިޔާބު ޗެއަރމަން އަލީ ވަހީދުއެވެ. އަލީ ވަޙީދުގެ 4 އަހަރުގެ ޓާރމްގައި އޭނާވަނީ ދިވެހި ލީގު 4 ފަހަރަށް ހޯދާފައެވެ. އަދި މީގެ އިތުރުން އަލީ ވަހީދުގެ ޗެއަރމަން ކަމުގެ ދަށުގައި ޕްރެޒިޑެންޓްސް ކަޕާ، ޗެރިޓީ ޝީލްޑްވެސް ވިދިވިދިގެން 3 އަހަރު ހޯދާ މިލްކު ކޮށްފައެވެ. އަދި އެފްއޭކަޕް ކާމިޔާބު ކުރުމުގެ އިތުރުން އޭއެފްސީ ކަޕުގައި ގްރޫޕުގެ އެއްވަނަ ހޯދާ، މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. 2013 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން އަލީ ވަޙީދުގެ ޗެއަރމަންކަމުގެ ދަށުގައި ކާމިޔާބު ކުރީ ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ. އަދި މީގެ އިތުރުން އަލީ ވަހީދުގެ ޗެއަރމަންކަމުގެ ދައުރުގެ ފުރަތަމަ އަހަރު ދިވެހި ލީގާ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

އަލީ ވަޙީދުގެ ދައުރުގައި ނިއުރޭޑިއަންޓުގެ އެކަޑަމީ ހިންގީ ރާއްޖޭގެ ނަން މަޝްހޫރު ކޯޗުންނާއި، ޔޫރަޕުގެ ފެންވަރު ރަނގަޅު އެކަޑަމީ ކޯޗަކާއި އެކުއެވެ. އޭރު އެންމެ މަގުބޫލު އެކަޑަމީއަކަށް ވެފައިވަނީ ނިއުރޭޑިއަންޓުގެ އެކަޑަމީއެވެ. ވަކިން ޚާއްސަކޮށް އަލީ ވަހީދުގެ ދައުރުގައި، ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ދުވަހު އެކަޑަމީ ފަށާކަން ބެލެނިވެރިން ފާހަގަ ކުރެއެވެ.
ހިޔާލު

ޙަސަންދީ

ހިންގުންތެރިކަމާއި ކާމިޔާބަކީ ފުޓްބޯޅަިގަ ނަމަ ލިބޭ ޓްރޮފީ ނުވަތަ ތަށިތައް އެކަންވަނީ ދުނިޔޭގެ އެއްވެސް ޓީމަކައް މިހާތަނައް ކާމިޔާބު ނުކުރެވޭ ފެންވަށް ބަލަކުގެ ޗެއާމަން ކަމުގެ ދައުރުގަ ކޮއްދީފަ، ދައުރު ނިމުނީމަ ނިމުނީ ދެން ޙަވާލުވާ ބައެއްގެ ޒިންމާއެއް އެކާމިޔާބު ދެމެހެއްޓުމަކީ ދިވެހި އެއްވެސް ކުލަބެއް ތާރީޚުގަވެސް ކްލަބެއް ހިންގައިގެން ސާފު ފައިދާއެއް ވެފައި ނެތްކަން ތާރީޚު ހެކިވާނެ އެކަމަކު ބަލަކް ވަނީ އެކަންވެސް ބަދަލުކޮށް ނިއުރޭޑިއަންޓަކީ ފައިދާވި ޓީމަކައް ހަދައިދީފަ،

އަހްމަދު

ބަލަކު ތިހާ ކާމިޔާބު މީހެއް ވިއްޔާ އަންނަންވަނީނު އަލުން ކްލަބު ހިންގަން. ކީއްކުރަން ފިލާ ތިހުންނަނީ؟ ކާމިޔާބު ކަމާއި އެކު ހިންގި ނަމަ، ކްލަބު ނޯންނާނެ ދަރާ ވިކިފައެއް.

ހަގީގަތް

ނިއުރޭޑިއަންޓުގެ އެންމެ ކާމިޔާބު ޗެއަރމަނަކީ ބަލަކެއް ނޫން. ބަލަކު ދިޔައީ ކްލަބު އިނދަ ޖައްސާލާފަ. ބަލަކު ވައްޓާލި އަނދަވަޅުން ކްލަބަށް އަދިވެސް މިއުޅެނީ އަރައިނުގަނެވިގެން. އެކަމަކު މިހާރު މިއޮތް ހިންގުން ތެރި ޓީމާއި އެކު ނިއުރޭޑިއަންޓުގެ އަސްލު މަގާމަށް ނިއު ގެންދާނެކަން ޔަގީން.