Valencia athun New ah Undhagoo Molheh
image
ރޭގެ މެޗްގައި ނިއު އަށް ގޯލް ކާމިޔާބުކޮށްދިން ގަލާޑޯ. ފޮޓޯ މޯލްޑިވްސް ސޮކާ
0 ކޮމެންޓް
 

ވެލެންސިޔާ އަތުން ނިއުއަށް އުނދަގޫ މޮޅެއް

ވާދަވެރި ވެލެންސިޔާ އަތުން ހޯދި އުނދަގޫ މޮޅާއިއެކު މާލޭ ލީގުގައި ނިއުއިން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްފިއެވެ.
ރޭ ވެލެންސިޔާ އަތުން 1-0 ން މޮޅުވި މެޗުގެ ހަމަ އެކަނި ލަނޑު ޖަހާފައިވަނީ ސްޕެއިންގެ ގަލާޑޯ އެވެ. މިއީ އޭނާ ނިއުއަށް ޖަހާދިން 4 ވަނަ ލަނޑެވެ. އޭނާވަނީ މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައިވެސް ލަނޑު ޖަހާފައެވެ.

ތިން މެޗުން ނުވަ ޕޮއިންޓާއެކު ނިއު އެއް ވަނައިގައި އޮތްއިރު ދެ މެޗުން ޓީސީ އަދި މާޒިޔާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ޓީސީއެވެ. ވެލެންސިއާ އޮތީ ތިން މެޗުން އެއް ޕޮއިންޓާ އެކު ފުލުން ދެވަނައިގައެވެ.

ރޭގެ މެޗު ނިއުއިން ކޮންޓްރޯލްކޮށްގެން ކުޅެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ވެލެންސިޔާއަށްވެސް ނަތީޖާ އަނބުރާލަން ރަނގަޅު އެތައް ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ. ވެލެންސިއާގެ ކޯޗު ފެސްކޯ ބުނީ ވެލެންސިއާގެ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިއްޖެ ކަމަށާއި އެކަމަކު މިރޭ މޮޅެއް ނުލިބުމުން މާޔޫސްވެފައިވާ ކަމަށެވެ.

"ފުރުސަތުތައް ލިބި މޮޅުނުވުމުން މާޔޫސްވެއްޖެ. މިއީ (ނިއުއަށް) ހައްގު ނަތީޖާއެއް. ފުޓްބޯޅައިގައި މިފަދަ ނަތީޖާތައް ނުކުންނާނެކަން އެނގި ތިބެ އެކަމަށް ތައްޔާރުވެގެން ނުކުންނަނީ. އަދި އެކަމަށް އިހުތިރާމް ކުރަން ޖެހޭ. އެކަމަކު މިއީ ވެލެންސިއާ އަށް ރަނގަޅު ނަތީޖާއެއް ނޫން،" ފެސްކޯ ބުންޏެވެ.

ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ ދެ ވަނަ ހާފުގައި ބަދަލުތަކަކާ އެކު ނުކުމެ ނަތީޖާ ބަދަލުކޮށްލި ކަމަށެވެ.
"މިއީ ހައްގު މޮޅެއް. އެކަމަކު ވެލެންސިއާ ވެސް ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށް".
ހިޔާލު