TFG inn inthizaam kuri coca cola long run kamiyaabu kamaaeku ninmaalaifi
image
މެރަތަންގެ ފެށުން ފޮޓޯ:--- ޓީއެފްޖީ
0 ކޮމެންޓް
 

ޓީއެފްޖީން އިންތިޒާމް ކުރި ކޮކަކޯލާ ލޯންގް ރަން ކާމިޔާބު ކަމާއެކު ނިންމާލައިފި

ޖުމުލަ 800 ދުވުންތެރިންނާއެކު ފެށި ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ އިތުރުން ދުނިޔޭގެ ނަވާރަ ޤައުމެއްގެ ދުވުންތެރިން ބައިވެރިވި މި ރޭސް ހުޅުމާލޭ ބާބަކިޔު ސަރައްޙައްދުން ފެށްޓީ ރޭ 3:20 ހާއިރުއެވެ. އެއީ ހުޅުމާލެ ވަށާ އަށްބުރު ޖަހާގޮތަށް ކުރިޔަތް ގެންދިޔަ ފުލް މެރަތަންއެކެވެ. އޭގެފަހުން ހެނދުނު ހަގަޑި ވިހީގައި ކުރިޔަށް ގެންދިޔައީ ހާފް މެރަތަންގެ ދުވުމެވެ. އެއީ ހުޅުމާލެ ވަށާ ހަތަރު ބުރުން ޖަހާގޮތަށް ކުރިޔަށް ގެންދިޔަ އިވެންޓެކެވެ. އޭގެފަހުން ކުރިޔަށް ގެންދިޔައީ ދިހަ ކިލޯ މީޓަރާއި ފަސް ކިލޯ މީޓަރުގެ ދުވުމެވެ.

ޓީއެފްޖީގެ ޑިރެކްޓަރ ޙުސައިން ޒިނާން ވިދާޅުވީ މި ރޭސް ބޭއްވުމުގެ މަޤްޞަދު ވަރަށް ރަނގަޅަށް ޙާސިލް ވަމުން އަންނަ ކަމުގައެވެ. މީގެއިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތަކީ ކިހާ މުހިންމު އެއްޗެއްކަން ދިވެހިންނަށް މިހާރު ވަރަށް ރަނގަޅަށް އެނގޭ ކަމަށް މީޑިޔާތަކަށް މައުލޫމާތު ދެމުން ޒިނާން ވިދާޅުވިއެވެ.

މިރޭހުގައި އެމެރިކާގެ މަޝްހޫރު މެރަތަން ދުވުން ތެރިޔާ ބްރެއިޓްވީނާ ވަނީ ދުވެފައެވެ. މެރަތަން އެންމެ ފުރަތަމަ ނިންމާލާފައިވަނީ މެރަތަންގައި ބައިވެރިވި ބޭރުގެ ދުވުންތެރިއެއް ކަމަށްވާ ލެވިސް ޗޯކެވެ.

މީ އޭނާ ފުރިހަމަ ކުރި ދުއިސައްތަ އަށްޑިހަ ތިންވަނަ މެރަތަން ކަމަށް ވީނާއާއެކު މެރަތަން ފުރިހަމަކުރި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ޙުސައިން ޙަލީމްވަނީ މީޑީޔާތަކާއި ވާހަކަ ދައްކަމުން ވިދާޅުވެފައެވެ. ޙުސައިން ވިދާޅުވީ ރޭސް އަވަހަށް ނިންމުމުގެ ބަދަލްގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ބްރައިޓް ވީނާގެ ފަރާތުން ތަޖުރިބާ ހޯދުމަށް ކަމަށެވެ.

ލޯންގްރަން އަކީ 2013 ވަނަ އަހަރު 210 ބައިވެރިންނާއެކު ފެށި މެރަތޮން އެކެވެ. އެފަހަރުގެ ހާފް މެރަތޮންގައި 50 ބައިވެރިން ބައިވެރިވިއެވެ. 2015 ވަނަ އަހަރު އިވެންޓްގެ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް މެރަތޮން ކެޓަގަރީ ތައާރަފްކުރިއެވެ. އަދި ކުރިން ހަވީރު ބާއްވަމުންދިޔަ ރޭސް އެ އަހަރު ފެށީ ދަންވަރު 3:20 ގައެވެ. އެ އަހަރުގެ މެރޮތަންގައި ފަސް އަންހެން ބައިވެރިންނާއި 14 ފިރިހެން ބައިވެރިން ބައިވެރިވިއެވެ. އެ ފަހަރު 42.2 ކިލޯމީޓަރުގެ މެރޮތަން ރޭސް ނިންމާލީ 13 ބައިވެރިންނެވެ. އެ އަހަރުގެ ހަތް ގައުމަކުން ބައިނަލްއަޤްވާމީ ހަތް ދުވުންތެރިން ބައިވެރިވިއެވެ. މިދިޔަ އަހަރުގެ މެރޮތަންގައި 32 ބައިވެރިން ބައިވެރިވިއިރު އޭގެ ތެރޭގައި 15 ބައިނަލްއަޤްވާމީ ދުވުންތެރިންވެސް ހިމެނެއެވެ.

މި އަހަރުގެ މެރަތަނަށް ހުރިހާ އުމުރުފުރައިގެ މީހުންގެ ފަރާތުން ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
ޓީއެފްޖީ ކޮކާކޯލާ
ހިޔާލު