BML WOW Kidz Run 2017 Launch Kohfi
image
ބީއެމްއެލް ވައު ކިޑްސް ރަން 2017 ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ ބީއެމްއެލް
0 ކޮމެންޓް
 

ބީއެމްއެލް ވައު ކިޑްސް ރަން 2017 ލޯންޗްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވައު ކިޑްސް ރަން 2017 ލޯންޗްކޮށްފިއެވެ.
ބީއެމްއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކިޑްސް ރަންގެ ކިޓް ވަނީ ލޯންޗްކޮށްފައެވެ.

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާއި ބީއެމްއެލް ގުޅިގެން ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ބާއްވާ "ބީއެމްއެލް ވައު ކިޑްސް ރަން 2017" އޮންނާނީ މޭ މަހުގެ 12 ވަނަ ދުވަހުއެވެ.

ބީއެމްއެލް ވައު ކިޑްސް ރަން އަކީ ތިން އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ދުވުމުގައި އުމުރުން ތިން އަހަރުން ފެށިގެން 9 އަހަރާއި ދެމެދުގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ބައިވެރިވެވޭނެއެވެ.

މިއަހަރުގެ ދުވުމުގައި 600 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ބައިވެރިވެވޭނެ ކަމަށާއި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން މާދަމާ މެންދުރު 12:00 އިން ފެށިގެން ޓީއެފްޖީގެ ވެބްސައިޓް މެދުވެރިކޮށް ކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

ކިޑްސް ރަން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 7:20 ގައި ބީއެމްއެލް ހެޑް އޮފީސް ކުރިމަތިންނެވެ. ދުވުން ނިންމާނީ ރަސްފަންނު ސަރަހައްދަށެވެ.

"ބީއެމްއެލް ވައު ކިޑްސް ރަން 2017" ނިންމުން ފާހަގަކުރުމަށް ރަސްފަންނު ސަރަހައްދުގައި ވަރަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
ޓީއެފްޖީ ބީއެމްއެލް
ހިޔާލު