Youth National Team thakah Coachun Hoadhanee
image
މައިލޯ އިންޓަސްކޫލް މުބާރާތުގެ ތެރެއިން ފޮޓޯ:-- އެފްއޭއެމް
0 ކޮމެންޓް
 

ޔޫތު ނޭޝަނަލް ޓީމުތަކަށް ކޯޗުން ހޯދަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ގައި ހިމެނޭ ޔޫތު ނޭޝަނަލް ޓީމަށް ކޯޗުން ހޯދަން އިއުލާނުކޮށްފިއެވެ.
އެފްއޭއެމް އިން ކުރި އިއުލާނުގައިވަނީ ތިން އުމުރު ފުރާއަކަށް ވަކިވަކިން ކޯޗުން ހޯދަން އިއުލާނުކޮށްފައެވެ. އެގޮތުން 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 ދަށުގެ ނޭޝަނަލް ޓީމަށް ހެޑް ކޯޗް އާއި އެސިސްޓެންޓް ކޯޗް އަދި ގޯލް ކީޕަރު ކޯޗު ހޯދަން ވަނީ އިއުލާނުކޮށްފައެވެ.

އެފްއޭއެމް އިން ބުނި ގޮތުގައި ދެ ފަރާތް މަޝްވަރާކުރުމަށްފަހު އެއްބަސްވާ މުސާރައެއް ދެވޭނެއެވެ.

އެ ޓީމްތަކަށް ހޮވޭ ކޯޗުންނަކީ އެޓީމްތައް މިއަހަރު ކުޅެންޖެހޭ އެކިއެކި މުބާރާތްތަކަށް ޓީމް ތައްޔާރު ކުރުމަށްޓަކައި ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ކޯޗުން ކަމަށް އެފްއޭއެމް އިން ބުނެއެވެ.

އެ މަގާމުތަކަށް އެދި ހުށަހަޅާ ފަރާތަކީ ޔޫތު ފުޓްބޯޅަ ޓީމްތައް ތަމްރީން ކުރުމުގެ ޝައުގު ހުންނަ ދިވެއްސަކަށް ވާންޖެހެއެވެ.

މަގާމަށް ކުރިމަތިލާ ހެޑް ކޯޗަކީ ދަށްވެގެން އޭއެފްސީ "ބީ" ސެޓްފިކެޓް ހާސިލްކޮށް، ހެޑް ކޯޗުން ދަށްވެގެން އޭއެފްސީ "ސީ" ސެޓިފިކެޓް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ގޯލް ކީޕަރު ކޯޗަކީ ގޯލްކީޕިންގް ސެޓިފިކެޓް ހާސިލްކޮށްފައިވާ ނުވަތަ އެފް.އޭ.އެމް އިން ރާވާހިންގާ މުބާރާތްތަކުގައި ގޯލް ކީޕަރު ކޯޗެއް ގޮތުގައި އެކްޓިވްކޮށް މަސައްކަތް ކުރާތާ މަދުވެގެން ދެ އަހަރު ވެފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ޝަރުތު ހަމަވާ ފަރާތްތަކުން ހުށަހެޅުމުގެ ފުރުސަތު މޭ މަހުގެ ހަތަރު ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ހިޔާލު