Inter-Office Billiard mubaarai mimahu 8 vana dhuvahu fashanee
image
ބަޔަކު ބިލިއާޑް ކުޅެނީ ފައިލް ފޮޓޯ:---
0 ކޮމެންޓް
 

އިންޓަ އޮފީސް ބިލިއާޑް މުބާރާތް މިމަހު 8 ވަނަ ދުވަހު ފަށަނީ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ރާއްޖޭގެ އޮފީސްތަކުގެ މެދުގައި ބާއްވާ 5 ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތް މިމަހު 8 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.
ޓީމް އިވެންޓަކާއި ސިގަންލަސް އިވެންޓަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 13 އޮފީހަކުން ވާދަކުރާނެ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން މީޑިޔާތަކަށް ވަނީ މައުލޫމާތު ދީފައެވެ.

އެމްޕީބީއޭ ކްލަބު ހައުސްގަ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުލުން ރޭވަނީ ކުރިއަށް ގެން ގޮސްފައެވެ. މުބާރާތުގެ ސިންގަލް އިވެންޓުގައި ޖުމްލަ 60 ކުޅުންތެރިން ވާދަކުރާއިރު ޓީމް އިވެންޓުގައި 130 ވާދަކުރާ މި މުބާރާތް ކުރިއަށް ދޭނީ މިމަހު 23 ގެ ނިޔަލަށެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ އޮފީސް ތަކަކީ، އެމްއެންޑީއެފް، ޕޮލިސް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ޕީއެސްއެމް، ޓީއެމްއޭ، މޯލްޑިވިއަން، ރައީސް އޮފީސް، އެމްޕީއެލް، ވިލާ އެއާގެ އިތުރުން އިސްލާމިކް ބޭންކެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެލްމިޔަންކަން ހޯދާފައިވަނީ ސްޓެލްކޯގެ ޓީމުންނެވެ.
ބިލިއާޑް
ހިޔާލު