Totti ge 40 aharuge dhigu carrer mi season ah fahu nimumakah
image
ފްރަންސިސްކޯ ޓޮޓީ ފޮޓޯ:---
0 ކޮމެންޓް
 

ޓޮޓީގެ 40 އަހަރުގެ ދިގު ކެރިޔަރު މި ސީޒަނަށްފަހު ނިމުމަކަށް

ރޯމާގެ ގިނަ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިޔާ ފްރަންސިސްކޯ ޓޮޓީ މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެ ކަމަށް އެޓީމުގެ ސްޕޯޓިން ޑިރެކްޓަރް މޮންޗީ ހާމަ ކޮށްފިއެވެ.
ކުޅުން ހުއްޓާލުމަށްފަހު ދިގު މުއްދަތަކަށް ރޯމާގައި ކުޅެފައިވާ ޓޮޓީވެގެންދާނީ އެޓީމުގެ ޑިރެކްޓޯރިއަލް ބޯޑުގެ މެމްބަރަކަށެވެ.

" މިއީ ޓޮޓީގެ އެންމެފަހު އަހަރު، ދެން އޭނާ ގުޅޭނީ ޑިރެކްޓޯރިއަލް ބޯޑާއި." ރޮމާގެ އައު ސްޕޯޓިން ޑިރެކްޓަރް މޮންޗީ ބުނެފައިވެއެވެ.

ޓޮޓީގެ ދިގު ކެރިޔަރުގައި އޭނާވަނީ ރޮމާއާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2 ކޮޕާ ޓިއާލިއާ އަދި އިޓަލިއަން ސުޕަކަޕުގެ އިތުރުން އިޓަލީ ލީގް އޭނާވަނީ އެޓީމާއެކު ކާމިޔާބު ކޮށްފައެވެ. އަދި 2006 ވަނަ އަހަރު އިޓަލީ ގައުމީ ޓީމާއި އެކު އޭނާވަނީ ވޯލްޑް ކަޕްވެސް އުފުލާލާފައެވެ.

ފްރެންސިސްކޯ ޓޮޓީ އޭނާގެ މުޅި ފުޓްބޯޅައިގެ ކެރިޔަރު ހޭދަ ކޮށްފައިވަނީ ރޯމާގައެވެ. ފެށުނީއްސުރެ ނިމެންދެން އެކުލަބުގައި އޭނާ ކުޅެދީފައިވާއިރު އޭނާއަށް އެކުލަބުގެ ސަޕޯޓަރުންގެ ހިތުގައި ވަރަށް ހާއްސަ މަގާމެއް ލިބިފައެވެ.
ހިޔާލު