Libya inn Dhathurukuramundhiya Ulhandhuthakahkah Egypt inn Hamalaadheefi
image
ފައިޓާ ޖެޓްތަކެއް
0 ކޮމެންޓް
 

ލީބިޔާއިން ދަތުރުކުރަމުންދިޔަ އުޅަނދުތަކަކަށް މިސްރުން ހަމަލާދީފި

ލީބިޔާއިން މިސްރަށް ދަތުރުކުރަމުންދިޔަ އުޅަނދުތަކަކަށް މިސްރުގެ އަސްކަރިއްޔާއިން ހަމަލާދީ ހަލާކުކޮށްލައިފިއެވެ.
މިސްރުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އަސްކަރިިއްޔާއިން ދިން ހަމަލާތަކުގައި ހަތިޔާރާއި އެކު ދަތުރުކުރަމުންދިޔަ 15 ޓްރަކެއް ވަނީ ހަލާކުކޮށްލާފައެވެ.

ޓްރަކްތައް ހަލާކުކޮށްލާފައިވަނީ މިސްރުގެ ވައިގެ ސިފައިން ދިން ހަމަލާތަކުގައެވެ. ނަމަވެސް އެ ޓްރަކްތައް ދުއްވަން ތިބީ ކޮން ބައެއް ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިސްރުގެ އަސްކަރިއްޔާއިން ހާމަކޮށްފައިނުވެއެވެ.

ޓްރަކްތައް ހަލާކުކޮށްލާފައިވަނީ ފައިޓާ ޖެޓްތަކާއި ހެލިކޮޕްޓަރުތަކުން ދިން ހަމަލާތަކުގައެވެ. އެ އޮޕަރޭޝަނަށް 48 ގަޑިއިރު ހޭދަވިއެވެ.
މިސްރު ލީބިޔާ
ހިޔާލު