Gaathun Dhinumugai Huri Ajaibu Kuranivi Faidhaa tha
image
0 ކޮމެންޓް
 

ގާތުން ދިނުމުގައި ހުރި އަޖައިބު ކުރުވަނިވި ފައިދާތައް

ތުއްތު ދަރިފުޅަށް މައިމީހާގެ ފަރާތުން ދެވޭނެ އެންމެ އަގުހުރި ހަދިޔާއަކީ ގާތުން ދިނުމެވެ. ދަރިފުޅު އުފަން ވުމުގެ މާކުރިންވެސް މައިމީހާގެ ހަށިގަނޑު އެކަމަށް ތައްޔާރުވާން ފަށަ އެވެ.
މިއީ އަތުން އެއްވެސް ޚަރަދެއް ނުކޮށް ދަރިފުޅާއި މައިމީހާގެ ސިއްޙަތައް ފައިދާކުރުވަނިވި އެއްޗެކެވެ. މައިމީހާގެ ގާތުން ދެވޭއިރު އެއީ އޭގެ ޒާތުގައިވެސް އަޖައިބެކެވެ. ކުޅަދުންވަންތަ ކަމުގެ ހެއްކެކެވެ. އެކިއިރުގެ ހޫނުމިން ހުންނަނީ އެ ވަގުތަކާ ގުޅޭ ގޮތަށެވެ. އޭގައި އެކުލެވޭ މާއްދާތައް ހުންނަނީ އެ ވަގުތަކަށް ތުއްތު ދަރިފުޅަށް ބޭނުންވާ މިންވަރަށެވެ.

ފަތިހު އުފެދޭ ކިރާއި މެންދުރު އުފެދޭ ކިރު ތަފާތެވެ. ރޭގަނޑު އުފެދެނީ ރޭގަނޑަށް ދަރިފުޅުގެ ހަށިގަނޑު ތައްޔާރުކޮށްދޭ ފަދަ މާއްދާތައް ހުންނަ ކިރެވެ. ތިރީގައި މިވަނީ ގާތުން ދިނުމުން ލިބޭ އަޖައިބު ކުރުވަނިވި އިތުރު ފައިދާތަކެވެ.

* ގާތުން ދޭ ކުދިންނަށް އެންޓެރޯ ވައިރަސް ( ކެއްސުމާއި، ނޭވާލާން ދަތިވުމާއި، ކިނބިހި އެޅުން ފަދަ ކަންކަމަށް މަގުފަހިވާ ޖަރާސީމެއް) ޖެހުމުގެ ފުރުސަތު ބުއްފުޅި ދޭ ކުދިންނަށް ވުރެ ކުޑަވުން.

* ތުއްތުދަރިފުޅުގެ ބަނޑުގައި ގޭސްހެދުމާއި ބޭރަށް ހިންގުން ފަދަ ކަންތައްތައް ކުރިމަތިވުން މަދުވުން.

* ކަންފަތުގައި ޖަރާސީމު އަށަގަތުމުގެ ފުރުޞަތު ބުއްފުޅި ދޭ ކުދިންނަށް ވުރެ ކުޑަވުން.

* މެނިންޖައިޓިސް ޖެހުމުގެ ފުރުސަތު ގާތުން ދޭ ކުދިންނަށް ކުޑަވުން.

* ގޮހޮރުގެ މައްސަލަތައް ދިމާވުން ކުޑަކޮށްދޭ

* ނޭވާލާ ނިޒާމް ދުޅަހެޔޮ ކޮށްދޭ.

* ކުޑަކަމުދާ ނިމާޒުގައި ޖަރާސީމު އަށަގަތުމުން ދުރުކޮށްދޭ.

* ލޭގައި ދަގަނޑުގެ ބައި އިތުރުކޮށްދޭ.

* އާންމުކޮށް އެލާޖީތައް ޖެހުމުން ދުރުކޮށްދޭ.

* ކުޑަދަރިފުޅުގެ ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދޭ.

* ކުއްޖާ ތޫނުފިލި ކޮށްދޭ.
ކުޑަކުދިން ސިއްހަތު
ހިޔާލު