Yaameenge Massalaagai Hayyaru Kuri 2 Meehegge Bandhah Ithuru 15 Dhuvas
image
ޔާމީން ރަޝީދު---
0 ކޮމެންޓް
 

ޔާމީންގެ މައްސަލާގައި ހައްޔަރު ކުރި ދެމީހެއްގެ ބަންދަށް އިތުރު 15 ދުވަސް

ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ހައްޔަރު ކުރި ދެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. muni
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ ދެ ޒުވާނުންގެ ބަންދު 15 ދުވަހަށް އިތުރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މިއީ މާލޭގެ މާފަންނަށް ނިސްބަތްވާ އެ ދެ މީހުން ހައްޔަރު ކުރި ފަހުން ބަންދުގެ މުއްދަތު އިތުރު ކުރި ދެވަނަ ފަހަރެވެ.

ޔާމީން މަރާލި މައްސަލާގައި ހަތް މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މީހުންނާ ބެހޭ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީނަށް ހަމަލާދިން ކަމަށް ބުނެ ފުލުހުން ކުރި ފޮޓޯ އާއްމު ކުރި ދެ މީހުން ވެސް އޭގެތެރޭގައި ހިމެނެއެވެ.

ޔާމީން މަރާލިތާ އެއް މަސް އިއްޔެވަނީ ފުރިފައެވެ.
ހިޔާލު