Qaddafi ge dharikalun Saif Minivan vejje
image
ސައިފް
0 ކޮމެންޓް
 

ގައްޒާފީގެ ދަރިކަލުން ސައިފް މިނިވަން ވެއްޖެ

އަވަހާރަ ކޮށްލާފައިވާ ލީބިއާގެ ކުރީގެ ރައީސް މައަމަރަލް ގައްޒާފީގެ ދަރިިކަލުން ސައިފް އަލް އިސްލާމް ގައްޒާފީ މިނިވަން ވެއްޖެއެވެ.
ސައިފް މިހާތަނަށްހުރީ ލީބިއާގެ ވަގުތީ ސަރުކާރުގެ އަސްކަރިއްޔާގެ ހާއްސަ ޔުނިޓެއްގެ ބެލުމުގެ ދަށުގައި ހައްޔަރު ކުރެވިފައެވެ. ސައިފްގެ ސަލާމަތަށްކަމަށްބުނެ އޭނާ ހައްޔަރުކޮށްފައި ހުރި ތަނެއް މިހާތަނަކަށް ހާމަކޮށްފައެއް ނުވެއެވެ.

ލީބިއާގެ ޖަސްޓިސް މިނިސްޓަރާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސައިފް މިނިވަން ކުރުމަށް މިހާރުވަނީ އަމުރުކޮށްފައެވެ.

އަދި ލީބިއާއާއި ލީބިއާގެ ބޭރުގައިވެސް މިނިވަންކަމާއި އެކު އުޅުމަށް ސައިފްއަށް މިހާރު ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ލީބިއާގެ މީޑިއާތަކުން ބުނެއެވެ.
ލީބިޔާ
ހިޔާލު