Male' City gai Iuthikaafah Thibumah Hamajehifaivaa Miskithah Kan'da Alhaifi
image
0 ކޮމެންޓް
 

އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައަޅައިފި

މިއަހަރުގެ ރަމަޟާން މަހު މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ 14 މިސްކިތެއްގައެވެ. ހުޅުމާލޭގައި ފަސް މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާއިރު ވިލިމާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވަނީ ދެ މިސްކިތެކެވެ.

މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް:

މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދުއްސުލްޠާން މުހައްމަދު ބިން އަބްދިﷲ
މަސްޖިދުއްސުލްޠާން މުހައްމަދު ފަރީދުލްއައްވަލު
މަސްޖިދުއްސުލްޠާން ހަސަން އިއްޒުއްދީން
މަސްޖިދު ސަލާހުއްދީން
މަސްޖިދު ފުރްޤާން
މަސްޖިދު ޖަލާލުއްދީން
މަސްޖިދުއްނޫރު
އިބްރާހީމީ މިސްކިތް
މަސްޖިދުއްޝަހީދު އަލީ
މަސްޖިދު އިސްކަންދަރު
މަސްޖިދު ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއްސުލްޠާން މުހައްމަދު އިމާދުއްދީން

ހުޅުމާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
މަސްޖިދު ޝައިހް ޤާސިމް ބިން އާލްޡާނީ
މަސްޖިދު އަޒީޒާ މޫސާ
މަސްޖިދު ޒައިދު ބުން ސާބިތު
ހުޅުމާލެ ވަގުތީ މިސްކިތް
މަސްޖިދު އުމަރު ބިން ހައްތާބު

ވިލިމާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް:

މަސްޖިދުއްސަލާމް
މަސްޖިދުލްއިހްލާސް
ހިޔާލު