Shaviyani Atoll Council gai 16 Faharu Vote Laifi, Raees aku nuhovunu
image
ށ އަތޮޅު ކައުންސިލާއި ފުދަނޫ ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
4 ކޮމެންޓް
 

ށ އަތޮޅު ކައުންސިލްގައި 16 ފަހަރު ވޯޓްލައިފި، ރައީސް އަކު ނުހޮވުނު

ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވި ށ އަތޮޅު ކައުންސިލްގެ ރައީސް އަކު ހޮވުމަށް 16 ވަހަރު ވޯޓް ލީއިރުވެސް ރައީސް އަކު ނުހޮވި ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭގެ ލަފަޔަކަށް އެދިއްޖެއެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ހުވާ ކުރުމަށްފަހު މިއަދު މެންދުރާއި ހަމައަށް ކައުންސިލްގެ ރައީސް އަކު ހޮވުމަށް 16 ފަހަރުވަނީ ކައުންސިލްގައު ވޯޓް ނަގާފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ދެ ވޯޓް ދެވޯޓުން އެއްވަރު ވަނީއެވެ.

އެހެން ކަމުން މިކަމުގައި ލަފަޔަކަށް އެދި އެކައުންސިލުން މިއަދުވަނީ އެލްޖީއޭއަށް ސިޓީ އެއް ފޮނުވާފައެވެ.

ހަތަރު ކައުންސިލަރުންތިބޭ ށ އަތޮޅު ކައުންސިލަމަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ދެ ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރަކާއި އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވި ކައުންސިލަރެކެވެ.

އެމްޑީޕީގެ ކައުންސިލަރުންގެ ގޮތުގައި ތިއްބެވީ މިލަންދޫ ދާއިރާގެ ކައުސިލަރާއި ކޮމަންޑޫ ދާއިރާގެ ކައުންސިލަރެވެ. ޕީޕީއެމްއަށް ކަނޑިތީމު ދާއިރާ ލިބުނުއިރު، ފުނަދޫ ދާއިރާގެ ކައުންސުލަރަކީ އަމިއްލަގޮތުން އިންތިހާބުގައި ގޮނޑި ކާމިޔާބު ކުރެއްވި ކައުންސިލަރެކެވެ.
ހިޔާލު

އަލިރާޖާ

ފުރަތަމަ ހޮވަންވީ ނައިބް ރައީސް ، ދެން ރައީސް އޭރުން އޯކޭ ވާނެ!!!!!!

އަޙްމަދު

ހިރި އަދަދާއި އޮނަހިރު އަދަދު ނޭނގޭ ރައްޔިތުންގެ މަޖިލީސް މެމްބަރ އިން ނަށް ވަރަށް ސަލާމް. ޚަރަދު ކުޑަކުރުމުގެ ނަމުގައި ވަކިވަކި ފަރުދުންނާ ވަކި ބަޔަކަށް އަމާޒުކޮށް ޤާނޫނާއި ޤަވާއިދުތައް ދިރާސާ ނުކޮށް ހިނދުކޮޅެއްގެ ތެރޭގައި ކަންކަން ކުރަން ރޭވީމާ ވާނެ ހައެތި ތިޔަ އޮތީ ވެފައި. އަނެއްކާވެސް މަމެންނަށް ބާރު އޮތަތީ ތިޔަ 4 މެމްބަރުން ހިމެނޭ ކަޢުނސްލިގެ ރައީސް ހޮވަނަ ވަކި ޤާނޫނެއް ޖެހޭނީ ފާސްކުރަން.

އަލީ

ޤާނޫނުތައް ތާކުންތާކު ނުޖެހޭގޮތަށް ބައްޓަން ކުރީމާ ވާނީ މިހެން. ރައީސާއި ނައިބު ހޮވަންޖެހޭނީ ރައްޔިތުންގެ ވޯޓުން. ކައުންސިލް މެންބަރުން ހޮވަންޖެހެނީ ވަކިން އެލަވަންސް ލިބޭގޮތަށް.

ޖޯޖް

ތީގަ މެޖޯރިޓީ ވަރައް ސާފް އެމްޑީޕީ އަށް ދެގޮނޑި ލިބިފަ ތިއޮތީ އެހެން ވީމަ ޕީޕީއެމް ކައުނސިލަރާ މިނިވަން ކައުންސިލަރު މިފަހަރު ދޫދޭން ޖެހޭނެ ތިކަމުގެ އަޑީގަ މިއޮތީ މި ސަރުކާރު އެމީހުން ބޭނުމެއް ނުވާނެ އެމްޑީޕީ މީހަކު ރައީސަކައް އިންނާކައްވެސް