Gaddafige Dharikalun Saiful Islam Minivan Koffi
image
ސައިފުލް އިސްލާމް---ފޮޓޯ:ރިއުޓާސް
0 ކޮމެންޓް
 

ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް މިނިވަންކޮށްފި

ލީބިޔާގެ ސިފައިން ހައްޔަރުކޮށްފައި ހުރި އެ ގައުމުގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް މިނިވަންކޮށްފިއެވެ.
ސައިފުލް އިސްލާމް މިނިވަންކޮށްފައިވަނީ ލީބިޔާގެ އިންތިގާލީ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް ބީބީސީއިން ރިޕޯޓުކޮށްފައިވެއެވެ. ލީބިޔާގެ ކޯޓަކުން ބަޑި ޖަހާ މަރަން ހުކުމްކޮށްފައިވާ ސައިފުލް އިސްލާމް މިނިވަންވީ އޭނާއަށް މައާފު ދިނުމުން ކަމަށް ވެސް ބީބީސީއިން ބުނެއެވެ.

އަރަބި ސްޕްރިންގުގައި ލީބިޔާގައި ބައްޕާފުޅުގެ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތައް ހުއްޓުވަން އެންމެ ކުރީގައި ހުރެ އިންސާނީ ބޮޑެތި ޖަރީމާތައް ހިނގި ކަމުގެ ތުހުމަތު ސައިފުލް އިސްލާމަށްވަނީ ކޮށްފައެވެ.

އޭނާގެ މައްސަލައެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވެސް ދަނީ ބަލަމުންނެވެ.

ސައިފުލް އިސްލާމް އަތުލައިގަނެފައިވަނީ 2011 ވަނަ އަހަރު ބައްޕާފުޅުގެ ވެރިކަން ނިމުމަކަށް އައުމުން ފިއްލަވައިގެން ނައިޖަރަށް ވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ސައިފުލް އިސްލާމު އަތުލައިގަނެފައިވަނީ އަސްކަރިއްޔާއިން ވަކިވެގަނެގެން އުޅޭ ސިފައިންތަކެކެވެ. އޭނާ މިނިވަންކޮށްފައިވަނީ ވެސް އެމީހުންނެވެ. ސައިފުލް އިސްލާމް މަރަން ކުރި ހުކުމް އެމީހުން ވަނީ ތަންފީޒު ނުކޮށްފައެވެ.
ލީބިޔާ
ހިޔާލު