Ethoypia inn Fenunu 10 Vang Garunuge Citygai Raajjeyge Asaary Thakethi
image
އިތިއޯޕިއާގެ ހަރާލާ ސަރަހައްދުން ފެނުނު ޒަމާންވީ ސިޓީ- ފޮޓޯ ބީބީސި
4 ކޮމެންޓް
 

އިތިއޯޕިއާއިން ފެނުނު 10 ވަނަ ގަރުނުގެ ސިޓީގައި ރާއްޖޭގެ އަސާރީތަކެތި

އިތިއޯޕީއާގެ އިރުމަތީގެ ހަރަލާ ސަރަހައްދުން އާކިއޮލިޖިސްޓުންނަށް އަލަށް ފެނުނު ސިޓީއެއްގައި ހުރިއާސާރީ ތަކެތީގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވާ އެއްޗެހިތަކެއް ފެނިއްޖެއެވެ.
މި ހޯދުމުގެ ޙަބަރު ރިޕޯޓުކޮށްފައިވާ ބީބީސީއިން ބުނެފައިވަނީ އާކިއޮލިޖިސްޓުން ހޯދި މި ގަދީމީ ސިޓީއަކީ މީލާދީގޮތުން 10 ވަނަ ގަރުނުގައި މީހުން އާބާދުވެ އުޅުނު ސިޓީއެއް ކަމަށް ބެލެވޭ ކަމުގައެވެ.

ރާއްޖޭގެ އާސާރީ ތަކެތި ފެނިފައިވާ މި ސިޓީއިން ޗައިނާ، އިންޑިއާ އަދި މިސުރުގެ ތަކެތިވެސް ފެނިފައިވެއެވެ. އަދި މީގެ އިތުރުން މަޑަގަސްކަރަ އަދި ޔަމަނުގެ ތަކެތިވެސް ހިމެނެއެވެ. މި ތަކެތީގެ ތެރޭގައި ގަހަނާވެސް ހިމެނެއެވެ.ފެނިފައިވާ ތަކެތީގެ ތެރޭގައި ބިއްލޫރި ފުޅިއާއި، ރޮކް ކްރިސްޓަލް، ބިއްލޫރި ބީޑްސް، ފައިސާގެ ގޮތުގައި އެ ޒަމާނުގައި ބޭނުންކުރި ކުދި ބޮލި އަދި ކްލޭއިން ހަދާފައިވާ ޕޮޓުވެސް ވެއެވެ. އަދި 13 ވަނަ ގަރުނުގައި މިސުރުގައި ބޭނުންކުރި ބްރޯންޒް އަދި ސިލްވާރ ލާރިފޮތިވެސްވަނީ ފެނިފަވެއެވެ. ނަމަވެސް އޭގެތެރެއިން ރާއްޖޭގެ އެއްޗިއްސަކީ ނުވަތަ އެއްޗިހިތަކަކީ ކޮބައިކަން ރީސާޗަރުން ހާމަކޮށްފައެއް ނުވެއެވެ.

ސިޓީ އާއިއެކު 12 ވަނަ ގަރުނުގެ މިސްކިތެއްވެސް ފެނިފައި ވެއެވެ. އަދި އެ މިސްކިތް ޓެންޒޭނިއާ އަދި ސޮމާލިއާގެ މިސްކިތްތަކާއި އެއްވަތަރު ކަމުން ދީނީގޮތުން އެފްރިކާގެ ގައުމުތަކުގެ މެދުގައި ގުޅުންތައް އޮތްކަން ދައްކުވައިދޭކަން އާކިއޮލިޖިސްޓުން ފާހަގަކުރެއެވެ."ވިޔަފާރިކޮށް އުޅުނުގޮތްތަކުގެ ތާރީހީ ހޯދުންތަކުން އެކަހެރި ކުރެވިފައިވާ އިތިއޯޕީގެ މިހިސާބުން މިހޯދުނު ހޯދުންތަކަކީ އަހަރެމެން ކުރީން ވިސްނުން ހުރިގޮތް މުޅީން ބަދަލުކޮށްލި ހޯދުންތަކެ، މި ހޯދުނު ހޯދުންތަކުން އެނގެނީ މިއީ މިހިސާބުގަނޑުގެ ވިޔަފާރީގެ މައިމަރުކަޒުކަން" މި ހޯދުމުގައި އުޅުނު އިސް އާކިއޮލޮޖިސްޓް، ޔުނިވާސިޓީ އޮފް އެކްސްޓޭރގެ ޕްރޮފެސާރ ޓިމޮތީ އިންސޮލް ވިދާޅުވިއެވެ.

ހޯދުންހޯދު ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ސިޓީގައިވާ ސަހަރާގައި 300 އެއްހާ މީހުން ވަޅުލާފައިވާ ކަމަށެވެ. އަދި އެމީހުންގެ އެ ޒަމާނުގައި ކައިއުޅުނީ ކޯއްޗެއްތޯ ބެލުމަށް ތަހުލީލު ކުރަމުންދާ ކަމަށެވެ. އަދި އިތުރަށް ކޮންގެން ހޯދުންތައް ހޯދަން މިއަންނަ އަހަރު މަސައްކަތްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިތިއޯޕިއާ އަކީ ތާރީހީ ޤައުމެއް

ސައިންސްވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި އިތިއޯޕިއާއަކީ އެންމެފުރަތަމަ އިންސާނުން ދިރިއުޅެން ފެށިތަނެވެ. އެއީ އެންމެ ކުރީގެ ހޯދުންތައް އެތަނުން ފެނިފައިވާތީއެވެ. 2015 ވަނަ އަހަރު އިތިއޯޕިއާގެ ހުޅަނގު އުތުރު ހިސާބަކުން 3.3 އަދި 3.5 މިލިއަން އަހަރުވެފައިވާ އިންސާނެއްގެ ކޮލުގެ ކަށިތަކަކާއި ދަތްތަކެއްވަނީ ފެނިފައެވެ.

މީލާދީން 333 ވަނަ އަހަރު އަކްސުމްގެ ރަސްކަމުގައި މިސުރުން ނަސޯރާދީން އިތިއޯޕިއާއަށް ތައާރަފްވިއެވެ. މީލާދީން 7 ވަނަ ގަރުނުގައި އިތިއޯޕިއާއަށް އިސްލާމް ދީނުގެނޫރު ލިބިގެންދިޔައެވެ. އެއަށްފަހު އިތިއޯޕީއާގެ ހަރާރީ އިސްލާމްދީނުގެ މައި މަރުކަޒަކަށް ވެގެން ދިޔައެވެ. ހަރަލާ ހުންނަނީ ހަރާރީ ކައިރީގައެވެ.ޔުނެސްކޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހަރާރީގައި 82 މިސްކިތް ހުރެއެވެ. އޭގެތެރޭގައި 3 މިސްކިތަކީ 10 ވަނަ ގަރުނުގެ މިސްކިތްތަކެވެ.

އިތިއޯޕިއާގައި އެންމެފަހުން 2007 ވަނަ އަހަރު ނެގުނު ބޯހިމެނުމުން ދައްކާގޮތުގައި އެޤައުމުގައި 25 މިލިއަން މުސްލިމުން ދިރިއުޅެވެ.
ހިޔާލު

ރަންނަމާރި

ރަންނަމާރި އަރާ ރާއްޖޭގެ ކުރިއެރުން މިއޮތީ އިތިއޮޕިއާ ސޯމާލިޔާ ދަރަޖައަށް ވައްޓާލާފަ

އަލީ

ރާއްޖޭގެ އެއްޗަކަށް ފެނުނީ ސީދާ ކޯއްޗެއްކަން ހޯދި ބަޔަކު ބުނެފައެއް ވެސްނެއް.

އިޔެ

މަށަށް މާކުރިންވެސް އިނގޭ އިތިއޯޕިއާ، ސޯމާލިއާ އަދި ސޫދާން އާއި ދިވެހިންގެ ގުޅުން އޮންނާނެކަން. ގައިގެ ކުލައަށް ބެލިޔަސް އިނގޭނެ އެއްނުން.

ދިވެހި

އެއީ ރާއްޖޭގެ ދަށުގައި ކުރީގައި އޮތްތަނެއް ކަމުގެ ހެކި