Roadha Mahah Palestinege Rayyithunnah Dheefaivaa Luithah Nimumakah
image
އިޒްރާއީލު ސިފައިން ހަރަކާތްތެރިވަނީ---ފޮޓޯ:އޭއެފްޕީ
0 ކޮމެންޓް
 

ރޯދަ މަހަށް ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ލުއިތައް ނިމުމަކަށް

ރޯދަ މަހާ ދިމާކޮށް ޖެރުއްސަލާމްގައި އުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ބައެއް ލުއިތައް ނިމުމަކަށް ގެންނަން އިޒްރާއީލުން ނިންމައިފިއެވެ. dhi2
ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ލުއިތައް ނިމުމަކަށް ގެންނަން ނިންމީ ހުކުރު ދުވަހުގެ ރޭ އިޒްރާއީލު ފުލުހުންގެ އަންހެން އޮފިސަރަކު މަރާލުމާ ގުޅިގެންނެވެ. އުމުރުން 23 އަހަރުގެ ޕޮލިސް ސްޓާފް ސާޖެންޓް ހަދާސް މަލްކާ މަރާލާފައިވަނީ ވަޅިއާއި ބަޑި ބޭނުން ކޮށްގެން ދިން ހަމަލާއެއްގައެވެ.

އިޒްރާއީލުން ދަނީ ރޯދަ މަހާ ދިމާކޮށް ކޮންމެ ހުކުރު ދުވަހަކު ވެސް ފަލަސްތީނުގެ 100 މީހަކަށް އަގްސާއަށް ވަނުމުގެ ހުއްދަ ދެމުންނެވެ.

އެ ހަމަލާ ދީފައިވަނީ ފަލަސްތީނަށް ނިސްބަތްވާ ތިން މީހެކެވެ. އެ މީހުން ހޯދާ އެމީހުން ތިބި ތަންތަން ސުންނާފަތިކޮށްލަން ތައްޔާރުވަމުންދާ ކަމަށް އިޒްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދީފައިވާ ލުއިތައް ނިމުމަކަށް ގެންނަނީ ކަމަށް އިޒްރައީލުން ބުނެފައިވާ އިރު މިހާރު ވެސް ގައްޒާގައި އުޅޭ ފަރާތްތަކަށް ކަރަންޓެއް ނުލިބެއެވެ.
ހިޔާލު