Makkah gai Huri Hotel thakuge 85 Percent Furihje
image
0 ކޮމެންޓް
 

މައްކާގައި ހުރި ހޮޓަލްތަކުގެ 85 އިންސައްތަ ފުރިއްޖެ

ސައުދީ އަރަބިއްޔާގެ މައްކާގައި ހުރި ހޮޓަލްތަކުގެ 85 އިންސައްތަ ފުރިއްޖެއެވެ.
މައްކާގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ބުނި ގޮތުގައި ހޮޓަލް އޮކިއުޕެންސީ 85 އިންސައްތައަށް އިތުރުވީ ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ތެރޭގައެވެ.

މިދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު އުމުރާގެ އަޅުކަން އަދާކުރަމުންދާ ދުވަސްވަރެކެވެ. ސައުދީގެ އެކި ކަންކޮޅުތަކުން އުމުރާއަށް ގިނަ އަދަދެއްގެ ބަޔަކުވެސް ވަނީ މައްކާއަށް ޖަމާވެފައެވެ. ނަމަވެސް ގަތަރުުން އައި އުމުރާވެރިންގެ 95 އުމުރާވެރިން ވަނީ އުމުރާ ކެންސަލްކޮށްފައެވެ.

މައްކާގެ ޗެމްޕާ އޮފް ކޮމާސް އިން ބުނި ގޮތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ސައުދީން އުމުރާވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ސައުދީ އަރަބިއްޔާއިން ނިންމާފައިވަނީ ހައްޖާއި އުމުރާގެ އަޅުކަމަށް ހާއްސަކޮށް، 2020 ވަނަ އަހަރު އަންނަން ވާއިރަށް ހޮޓަލްތަކުގައި 15 މިލިއަން މީހުންނަށް ތިބެވޭ ވަރަށް ތަރައްގީ ކުރުމަށެވެ. އަދި އެ އަދަދު 2030 ވަނަ އަހަރު 30 މިލިއަނަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. (ސައުދީ ގެޒެޓް)
ހިޔާލު